މި މައްސަލައަކީ ކުޅުދުއްފިށީ ގެއަކަށް އެރަށު މީހަކު ހުއްދަނެތި ވަދެ އެގޭ ރުކަކުން 26 ކުރުނބާ އެޅި މައްސަލައެވެ. މި މީހާ މިކަން ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.
މި މައްސަލާގައި ދައުލަތުން ވަނީ މީނާއާ ދެކޮޅަށް ވައްކަން ކުރުމުގެ ކުށުގެ ދައުވާއާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށްވަނުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި މި މީހާ ވަނީ އޭނާ އެކަން ކުރިކަމަށް އިއުތިރާފުވެ ވިހާވެސް ލުއި އަދަބެއް ދިނުމަށް އެދިފައެވެ. އެހެންނަމަވެސް އެމީހަކީ ވައްކަމުގެ ކުށުގެ ރިކޯޑްތައް މިހާރުވެސް އޮތް މީހަކަށްވުމައި އެފަދަ އެހެން މައްސަލައެއް މިހާރުވެސް ހިނގަމުންދާތީ ޕީޖީ އޮފީހުން ވަނީ އަދަބު ލުއިކޮށްދޭން ދެކޮޅޫ ހަދާފައެވެ.
މި ދެ މައްސަލަ ނިންމާ ކޯޓުން އިއްވި ހުކުމުގައިވަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށްވަނުމުގެ ދައުވާގެ އަދަބެއް ގޮތުން އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމްކޮށްފައެވެ. އަދި ވައްކަމުގެ ކުށް ސާބިތުވުމުން އެ ކުށުގެ އަދަބެއްގެ ގޮތުން ތިން މަހާއި 10 ދުވަހަށް ޖަލަށް ލުމަށްވަނީ ހުކުމްކޮށްފައެވެ. އެއީ، މި މައްސަލައާ ގުޅިގެން އެ މީހާ ބަންދުކޮށްފައި ހުރި މުއްދަތު އުނިކުރުމަށް ފަހު ބާކީ އޮތް މުއްދަތެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;