ads
އަމިއްލަ ގޮތުން މެއި / ޖޫން ގައި އޭލެވެލްގައި ބައިވެރިވާން ފޯމު ދޫކުރަނީ
މިއަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އިމްތިހާނުގައި އަމިއްލަ ގޮތުން ބައިވެރިވާ ކުދިންނަށް ފޯމު ދޫކުރަން ފަށައިފިއެވެ.
Advertisement

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން ބުނީ މި އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އިމްތިހާނުގައި (އަމިއްލަ ގޮތުން) ބައިވެރިވާ ކެންޑިޑޭޓުންނަށް އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަންނަަން ފަށާފައިވާކަމަށެވެ. 

އެގޮތުން އިއްޔެއިން ފެށިގެން އަންނަ މާރިޗު 12 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ފޯމާއި ފައިސާ ބަލައިގަންނާނެކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން ބުނެއެވެ. 

އެޕްލިކޭޝަން ފޯމުގެ ލިންކް ބަލައިގަންނާނީ https://forms.gle/humM9ujma7jSQdsw9 މި ލިންކުންކަމަށް އެ އިދާރާއިން ބުނެެއެވެ.

ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށްކަމަށާއި ފައިސާ ދައްކާނެގޮތުގެ ޕްރޮސީޖާ ފޯމުގައި އެޓޭޗް ކޮށްފައި ވާނެކަމަށްވެސް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން  ބުނެއެވެ. 

2019 ވަނަ އަހަރުން ފެށިގެން މެއި، ޖޫންގައި އެޑެކްސެލް އޭލެވެލް ހެދުން ރާއްޖޭގައި ވަނީ ހުއްޓާލާފައެވެ. ރާއްޖޭގައި އޭލެވެލް ހަދަނީ، ހަމައެކަނި އޮކްޓޫބަރު، ނޮވެންބަރުގައެވެ.

މި އަހަރުގެ މެއި/ ޖޫންގައި އަމިއްލަ ގޮތުން އޭލެވެލްގައި ކުދިންނަށް ބައިވެރިވެވޭނެކަމަށް އެޑިއުކޭޝަނުން އިއުލާންކުރީ މިމަހުގެ ދެވަނަ ދުވަހެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;