ads
ފޮރިން މިނިސްޓަރު ހަލީލް: އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ރާއްޖެއިން ވާދަކުރަން ވަނީ ނިންމާފައި - ފޮޓޯ/ފޮރިން މިނިސްޓްރީ
އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖޭން ވާދަކުރަނީ
އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް އަނެއްކާވެސް ވާދަކުރަން ނިންމިކަން ރާއްޖެ އިން އިއުލާންކޮށްފި އެވެ.
Advertisement

މިކަން އިއުލާންކުރެއްވީ އ.ދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ އާންމު ބަހުސްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ދެއްވި ތަގުރީރުގަ އެވެ.

ރާއްޖެއިން ކުރިމަތިލުމަށް ނިންމާފައިވަނީ 2028 އިން 2030 އަށް ކުރިއަށްދާނެ ކައުންސިލް ދައުރަށެވެ.

އދ. ގެ ސަލާމަތީ މަޖިލިސް ފިޔަވައި ގައުމުތަކުގެ މެދުގައި އެންމެ ވާދަވެރިކަން ބޮޑު އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ރާއްޖެއިން ވާދަކުރަން ނިންމިއިރު، އެ ކައުންސިލްގެ މެމްބަރުކަން މީގެ ކުރިން ތިން ފަހަރެއްގެ މަތިން ރާއްޖެ އިން އަދާކުރި އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;