މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނޫއަަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
އެކަން އެގޮތަށް ކުރުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހެ އެވެ. އެ ވޯޓް ނެގުމަށް ނިންމާފައި ވަނީ:
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައީސް ނެރުއްވި ގަރާރު އޮތީ ގާނޫނުއަސާސީ އަށް ގެނައި އަށް ވަނަ އިސްލާހާ ހިލާފަށް ކަމަށާއި އެހެންކަމުން އެ ގަރާރު ބާތިލް ކުރުމަށް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
ކޯޓަށް ހުށަހަޅަނީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައީސް މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި އެ ގަރާރާ މެދު ކޯޓުން ވަކި ގޮތެއް ނިންމަންދެން، ވޯޓުގެ ކަންކަން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ވެސް އެ މައްސަލާގައި އެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލާން ނަގާ ވޯޓަށް "ނޫނެކޭ" ބުނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ.
އެމްޑީޕީން ވޯޓު ހުއްޓުވަން ކޯޓަށް ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަން (އީސީ)ން އަންނަނީ އެ ވޯޓު ބާއްވަން ތައްޔާރުވަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވާގޮތުގައި ރާއްޖޭގައި ބާއްވާ މި ދެއިންތިހާބަށްވެސް އެވްރެޖްކޮށް ކޮންމެ އިންތިހާބަކަށްވެސް 100 މިލިޔަނެއްހައި ރުފިޔާ ހަރަދުކުރަންޖެހެ އެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބަށް އެކަނިވެސް 120 އަކަށް މިލިޔަން ރުފިޔާ ހަރަދުކުރެވިފައި ވެއެވެ.
ދެ އިންތިހާބު އެއްކޮށްލުމަކީ މާލީގޮތުން ދުރުރާސްތާއަށް ބަލާއިރު ހުރިހާ ފަރާތަކަށްވެސް މީގެ ފައިދާކުރާނެ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;