ads
ފުލުހުން މަގުމަތީގައި
މާލޭގައި އެކްސިޑެންޓެއްގައި ކުޑަ ފިރިހެން ކުއްޖަކު ނިޔާވެއްޖެ
މާލޭގައި ހިނގި އެކްސިޑެންޓެއްގައި ކުޑަ ފިރިހެން ކުއްޖަކު ނިޔާވެއްޖެ އެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. 

ނިޔާވެފައިވާ ފިރިހެން ކުއްޖާއަކީ އެކްސިޑެންޓްވީ ސައިކަލުގެ ފަހަތުގައި އިން ކުއްޖާއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނުމަގު، ސިނަމާލެ ބްރިޖް ކައިރީގައައި ރޭ ދަންވަރު އެވެ. 

އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވީ، ރޭގެ އެކްސިޑެންޓާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދެވެމުން ދަނިކޮށް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 19 އަހަރުގެ މީހާއަށްވެސް އަނިޔާވެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެވެމުންނެވެ. 

މި އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގު ބްރިޖު ލައިޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ދުވާރު މައްޗަށް އަރައިގެންނެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވީ ސައިކަލު ލައިސަންސް އޮތް މީހެއް ނޫން ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;