އެޗްއާރުސީއެމުން މިހެން ބުނެފައިމިވަނީ ވެމްކޯގެ ސައިޓެއްގައި މީގެ ދުވަސްކޮޅެއް ކުރިން ބިދޭސީއަކު މަރުވެ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިންގި އެހެން ހާދިސާއެއްގައި އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ދަނޑިވަޅެއްގައެވެ.
އެޗްއާރުސީއެމުން ބުނީ ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުންދާކަން ފާހަގަކުރެއްވިފައިވާކަމަށެވެ. އެހެންކަމުން ވެމްކޯގެ މުވައްޒަފުންގެ މަސައްކަތު މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން، އަވަސް ތަހުގީގެއް ހިންގަން ރޭ ބޭއްވި ހިޔުމަން ރައިޓްސް ކޮމިޝަނުގެ ބައްދަލުވުމަކުން ނިންމައިފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ސައިޓެއްގައި އެތަނުގެ މުވައްޒަފަކަށް އަނިޔާވެ، އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނީ މާލޭގައި ހުންނަ ވެމްކޯ ސައިޓެއް ތެރޭގައި މިދިޔަ އާދިއްތަ ދުވަހު ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއްވެފައިވާ މައްސަލަ އިއްޔެ ހަވީރު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
މި ހާދިސާ ހިންގިކަމުގެ ވާހަކަތައް ފުރަތަމަ އާއްމުވީ ސޯޝަލް މީޑިއާގައެވެ. ފޮޓޮއާއެކު މީހަކު ހިއްސާކުރި ޕޯސްޓެއްގައި ބުނީ މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު ތިނެއް ޖަހާކަށްހާއިރުކަމަށެވެ. އަދި މި ހާދިސާ ހިނގީ ވެމްކޯގެ ރޭމްޕް މަތިން ކޮންޓެއިނަރަކަށް އެމީހާ ވަނީ ވެއްޓިކަމަށާއި އެ ރޭމްޕު މަތިން ކޮންޓެއިނަރާ ހަމައަށް 12 ނުވަތަ 13 ފޫޓުގެ އުސްމިނެއް ހުންނާނެ ކަމަށް އެ ޕޯސްޓުގައި އެމީހާ ވަނީ ބުނެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;