ads
ޕޯސްޓް ޕެކޭޖެއް
ޕޯސްޓުން ގެނައި ޑްރަގު ޑެލިވަރީއަށް ދިޔަ މީޙާ 18 އަހަރަށް ޖަލަށް
ޕޯސްޓުން ރާއްޖެއަށް ގެނައި ފޮށިގަނޑެއް ޑެލިވަރީ ކުރަން، އެ ބަލައި ޕޯސްޓް އޮފީހަށް ދިޔަ މީހަކު، އެ ފޮށިގަނޑުން ފެނުނު ކިލޯއަކަށްވުރެ ބަރު މަސްތުވާތަކެތީގެ މައްސަލަގައި 18 އަހަރަށް ޖަލަށްލައި، 75000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
Advertisement

މި މައްސަލައިގައި، 18 އަހަރަށް ޖަލަށްލާފައިވަނީ ޢަލީ މުފާވިޒް، ސ.މީދޫ / ހުދުވިލާގެ އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. މިއީ 2023 ވަނަ އަހަރު އަތުލައިގެން މަސްތުވާތަކެއްޗެވެ.

މި މައްސަލައިގައި ދައުވާ ލިބުނު މުފާވިޒްވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައަށް އިންކާރުކޮށް ބުނެފައިވަނީ އޭނާ ޕޯސްޓް އޮފީހަށް ފޮށިގަނޑެއް ބަލައި ދިޔައިރު އޭގައި މަސްތުވާ އެއްޗެއް ހުރިކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ. އަދި އޭނާ ދިޔައީ، އޭނާއަކީ ފޭސްބުކްގައި ޑެލިވަރީ ޕޭޖެއް ހިންގާ މީހަކަށްވެފައި، އެ ގޮތުން އައި ރިކުއެސްޓަކަށް ޑެލިވަރީއެއް ކޮށްދިނުމަށް ކަމަށެވެ. މީހަކު ގެނައި ފޮށިގަނޑެއް ޑެލިވަރީކޮށްދޭން އެ ބަލައި ދިޔައީ ކަމަށް މުފާވިޒް ޝަރިއަތުގައި ބުނިނަމަވެސް އެއީ ކުޑަމިނުން ކާކުކަންވެސް އޭނާއަށް ބުނެދެވިފައިނުވެއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން މުފާވިޒުގެ މައްޗަށް 18 އަހަރުގެ ހުކުމަކާއި 75000 ރުފިޔާގެ ޖޫރިމަނާއެއް ކުރިއިރު، މައްސަލައާއި ގުޅިގެން މުފާވިޒް ބަންދުކޮށްފައި ހުރި މުއްދަތު އުނިކުރުމުން ދެން އޭނާ ތަންފީޒު ކުރަން ޖެހޭނީ 15 އަހަރާއި ނުވަ މަހާއި 27 ދުވަހުގެ ޖަލު ހުކުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;