ads
ޝައްމާން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި
ލޯނު ދެއްކީ ބައްޕަގެ ފައިސާއިން، ޝައްމާނުގެ މައިންބަފައިން ހެކިބަސް ދީފި
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއެއްގެ އަތުން ފައިސާ ނަގާ އޭނާ ދޫކޮށްލިކަމަށް ތުހުމަތުކޮށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ދައުވާގެ ދިފާއުގައި އޭނާގެ މައިންބަފައިން މިއަދު ޝަރީއަތުގައި ހެކިބަސް ދީފިއެވެ.
Advertisement

މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ  ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.  

ޝަމްއާން މަގާމުން ވަކިކޮށް ހައްޔަރުކުރަނީ މިދިޔަ އަހަރުގެ މާރިޗުމަހުގެ 22 ގައެވެ. އއިތުރު އޮފިސަރުންތަކާއި އެކު ހައްޔަރުކުރި ޝައްމާންގެ މައްޗަށް ކުރަނީ ގަވައިދާ ހިލާފުވެގެން ހައްޔަރުކުރި ބިދޭސީންތަކެއް ތެރެއިން އެކަކުގެ އަތުން 530،000ރ. ނަގާ އޭނާ ދޫކޮށްލި މައްސަލައެވެ. 

އެމީހާ އަތުން ލިބުނު ފައިސާއިން ޝައްމާނުގެ ނަމުގައި ނަގާފައިވާ ސްޓޫޑަންޓް ދެ ލޯނަަކަށް ފައިސާ ދެއްކުމުގެ ގޮތުން ބީއެމްއެލްގެ ލޯނު އެކައުންޓަކަށް 149،491ރ. އަދި އެހެން ލޯނު އެކައުންޓަކަށް 110،345ރ. ޖަމާކުރި ކަމަށް ދައުލަތުން ކުރާ ދައުވާގައިވެއެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޝަމްއާންގެ ބައްޕަ އިބްރާހީމް ވަހީދާއި ޝަމްއާންގެ މަންމަ މުރުޝިއާ އާއި ޝަމްއާންގެ އަނބިމީހާ އިދުފާ ފާއިޒުގެ އިތުރުން ޝަމްއާންގެ އެކުވެރިން ކަމަށްވާ އާމިނަތު ނަޝާޔާއާއި ފާރިހު މުހައްމަދު ވަނީ ހެކިބަސް ދީފައެވެ. އެމީހުން ހެކިބަސް ދިނީ ޝައްމާން ލޯނު ދެއްކީ އޭނާ ބައްޕަ ދިން ފައިސާކަން ބުނެދޭށެވެ.

ޝަމްއާންގެ ބައްޕަ އިބްރާހިމް ވަހީދު ހެކިބަސް ދެމުން ބުނީ ޝަމްއާންގެ ލޯނު ނުދައްކާ އޮތުމުން އެކަމާ ކަންބޮޑުވާތީ، އެ ލޯނު ދައްކަން ތިން ލައްކަ ރުފިޔާ ދިނީ އޭނާކަމަށެވެ. އަދި އެ ފައިސާ ދިނީ ނަގުދު ފައިސާގެ ގޮތުގައި ކޮތަޅަކަށް އަޅާފައިކަމަށެވެ. 

ޝަމްއާންގެ ބައްޕަ އިބްރާހިމް ވަހީދު ބުނީ އޭނާއަކީ ފިހާރަ އާއި ކެފޭ ހިންގައިގެން ފައިސާ ހޯދާ އަދި އެޕާޓްމެންޓް ކުއްޔަށް ދީގެން ވެސް އާމްދަނީ ލިބޭ މީހެއްކަމަށާއި އެހެންކަމުން އޭނާއަކީ އާންމުކޮށް ނަގުދު ފައިސާ ގޭގައި ބަހައްޓާ މީހެއްކަމަށެވެ. . 

ޝައްމާންގެ މަންމަ މުރުޝިއާ ބުނީ  ޝަމްއާންގެ ލޯނު ދައްކަން ޝަމްއާންގެ ބައްޕަ އިބްރާހިމް ވަހީދު ފައިސާ ދިން ތަނުގައި އޭނާ ހުރިކަމަށެވެ. އަދި ފައިސާ ދިނީ ޝަމްއާންގެ އަންހެނުން އިދުފާ ފާއިޒުގެ ވެސް ހާޒިރުގައިކަމަށްވެސް ޝައްމާން މަންމަ ހެކި ބަސް ދެމުން ބުންޏެވެ. 

ޝަމްއާންގެ އަންހެނުން އިދުފާ ފާއިޒު ހެކިބަސް ދެމުން ބުނީ ބައްޕަ ދިން ފައިސާގެ އިތުރުން އޭނާގެ ކާރެއް ވިއްކާލިކަމަށާއި އެ ކާރު ވިއްކާލައިގެން އެޑްވާންސް ޕޭމަންޓްގެ ލިބުނީ ނަގުދު ފައިސާއިން ކަމަށެވެ. އެއީ 10،000 ޑޮލަރާއި 250،000 ރުފިޔާކަމަށްވެސް ޝައްމާން އަންހެނުން ބުނެޏެވެ. އެ ކާރު ވިއްކިއިރު ހެދި އެއްބަސްވުމުގައި ސޮއިކުރި ޝައްމާންގެ ދެ އެކުވެރިންވެސް ވަމީ މިއަދު ހެކިބަސް ދީފައެވެ. 

ޝަމްއާންގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 250،000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށާއި ބިދޭސީ މީހާ އަތުން ފޭރުނު ކަމަށް ބުނާ ފައިސާގެ ބަދަލު ނަގައިދިނުމަށް ދައުލަތުން ވަނީ ކޯޓުގައި އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;