ads
އެކްސިޑެންޓްގައި މަރުވި ކުއްޖާ
އެކްސިޑެންޓްގައި ނިޔާވީ ދަރަވަންދޫ ކުއްޖެއް، ޖަނާޒާ އަސުރަށް ފަހު
ސިނަމާލެ ބްރިޖު ކައިރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެގެން ރޭ ހިނގި އެކްސިޑެންޓެއްގައި ނިޔާވި ކުއްޖާގެ ޖަނާޒާ މިއަދު އަސުރު ނަމާދަށް ފަހު ބާއްވަން ނިންމައިފިއެވެ.
Advertisement

ރޭ ދަންވަރު ހިންގި އެކްސިޑެންޓްގައި ނިޔާވީ އުމުރުން 16 އަހަރުގެ މުހައްމަދު ނިހާން ނާޒިމް، ހިޔަލީގުލްޝަން / ބ. ދަރަވަންދޫ އެވެ. އެނގިފައިވާ ގޮތުން މީ މިދިޔަ އަހަރު އިމާދުއްދީން ސްކޫލުން އޯލެވެލް ހަދާ ނިންމި ކުއްޖެއެވެ. 

މިއަދުގެ އަސުރު ނަމާދަށް އާސަހަރާ މިސްކިތުގައި ޖަނާޒާ ބޭއްވުމަށް ނިންމާފައިވާ ހައްމަދު ނިހާން ނާޒިމަކީ އެކްސިޑެންޓްވީ ސައިކަލުގެ ފަހަތުގައި އިން ކުއްޖާ އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނުމަގު، ސިނަމާލެ ބްރިޖް ކައިރީގައި ރޭ ދަންވަރު އެވެ. 

އުމުރުން 16 އަހަރުގެ ހައްމަދު ނިހާން ނާޒިމް ނިޔާވީ، ރޭގެ އެކްސިޑެންޓާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދެވެމުން ދަނިކޮށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 19 އަހަރުގެ މީހާއަށް ވެސް އަނިޔާވެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެވެމުންނެވެ. 

މި އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގު ބްރިޖު ލައިޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ދުވާރު މައްޗަށް އަރައިގެންނެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވީ ސައިކަލު ލައިސަންސް އޮތް މީހެއް ނޫން ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

11%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;