ads
ކެރެޓް
ސީއެންއެމް ބަދިގެ: ކެރެޓް ހަލްވާ
"ސީއެންއެމް ބަދިގެ" އިން މިއަދު މި ގެނެސްދެނީ "ކެރެޓް ހަލްވާ" ތައްޔާރުކުރާނެ ގޮތެވެ.
Advertisement

ބޭނުންވާ ތަކެތި:

2 ކެރެޓް (ތުނިކޮށް ކޮށާފަ)

4 ސަމުސާ ކޯން ފުލޯރ(ފެންކޮޅެއްގަ ގިރާލާނީ)

1 ދަޅު ގެރިކިރު

1 ޕެކެޓް ފުލްކުރީމް

100ގ ކެޝޫނަޓް

50ގ ހިކިމޭބިސްކަދުރު

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ތުނިކޮށް ކޮށާލާފަ ހުރި ކެރެޓް ކޮޅު ކެކިލާ ކެރެޓް ކޮޅު މަޑުވެފަ ކުލަ އަރަންދެން ފުލްކުރީމް ކިރު އަޅައިގެން ކައްކާލާށެވެ. ކައްކާލާނީ ކިރު ޕެކެޓްގެ އެއްބައި އަޅައިގެންނެވެ. އެއަށްފަހު ބާކީ ދެން ކިރުޕެކެޓްގައި ހުރި ކިރު ކޮޅު އަޅައިގެން ކައްކާލާށެވެ. ދެން ގެރި ކިރު ދަޅާ ގިރާލާފައި ހުރި ކޯން ފުލޯ ކެޝޫނަޓް އަދި ހިކިމޭބިސް ކަދުރު އަޅައިގެން ރަނގަޅަށް 3 މިނެޓް ވަންދެން ކައްކާލާށެވެ.

ދެން ފުރިޖަށް ލާ ފިނިކޮށްލާ ށެވެ. ރޯދަ ވީއްލާ ގަޑީގަ އަދި ހާރު ގަޑީގަ ކާލަށްވެސް މީ ވަރަށް މީރު ފޮނި އެއްޗެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;