ads
ވައި ނުސާފުވެ ދުރު ފެންނަވަރު ދަށްވެފައި
ވައި ނުސާފުވާ މައްސަލާގައި ގައުމުތަކާ އެކު މަޝްވަރާ ކުރާނެ: ފޮރިން މިނިސްޓްރީ
ރާއްޖެއަށް ކުރިމަތިވެފައިވާ ވައި ނުސާފުވުމުގެ މައްސަލައަކީ އާންމު ސިއްހަތަށާއި ތިމާވެއްޓަށާއި އިގުތިސާދަށް ވެސް އޮތް ނުރައްކަލެއް ކަމަށް ބަލައިގެން ސަރުކާރުން އެކަމަށް ހާއްސަ އިސްކަމެއް ދީ ސަރަހައްދީ ގައުމުތަކާ އެކު މަޝްވަރާ ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
Advertisement

އިރުވައި މޫސުމުގެ އުތުރު ހަޅައިގެ ވަޔާ އެކު، އިންޑިއާގެ ވައިގެ ތަގައްޔަރުކަމުގެ އަސަރު ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ފޯރަ އެވެ. އެއާ އެކު، ސިއްހީ ގިނަ މަައްސަލަތައް އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމުގެ ކަންބޮޑުވުންތައް އޮވެ އެވެ. 

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ދުންފުހުގެ މައްސަލައަކީ އާންމު ސިއްހަތާއި ތިމާވެއްޓާއި ތިމާވެށީގެ ދެމެހެއްޓެނިވި ކަމަށް ނޭދެވޭ އަސަރުތައް ކުރުވާ ކަމެއް ކަމަށް ވުމުން، އެއީ ސަރުކާރުން ގައުމީ ފެންވަރުގައި އިސްކަންދީގެން ބަލާ މައްސަލައެއް ކަމަށެވެ.

އެ ބަޔާނުގައި ވަނީ، މި ދުވަސްވަރު ދުންފުހުގެ މައްސަލަ ގޯސްވުމާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަންނަ ކަމަށެވެ. އަދި ބޭރު ގައުމުތަކުން އަންނަ، ތަޣައްޔަރުވެފައިވާ ވަޔަށް ދިގު މުއްދަތަކަށް ހުށަހެޅުމުން ރައްޔިތުންގެ ސިއްހަތަށް ގެއްލުންވުމުގެ އިތުރަށް، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިގުތިސާދަށް ވެސް ނޭދެވޭ އަސަރުކުރާކަން މިނިސްޓްރީން ފާހަގަކުރި އެވެ.

އެ ބަޔާނުގައި ވަނީ ދުންފުހުގެ މައްސަލައަކީ މުޅި ދެކުނު އޭޝިއާއަށް ކުރިމަތިވެފައިވާ މައްސަލައެއްކަން ފާހަގަކޮށް، މޫސުމާއި ވަޔަށް އަންނަ ބަދަލުތަކާއެކު، އެކި ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ މާއްދާތައް އެއް ގައުމުން އަނެއް ގައުމަށް ފޯރާ ކަމަށް ބުނެފަ އެވެ.

ދުންފުހުގެ އަސަރު ކުރިއަށް އޮތް 5 ދުވަހު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކުރާނެ ކަމަށާއި އުތުރުގެ ރަށްތަކަށް ދުރު ފެންނަ މިންވަރު 2 ކިލޯމީޓަރަށް ވުރެ ދަށްވެފައިވާ ކަމަށް ރިޕޯޓުކުރަމުންދާ ކަމަށް މެޓުން މިއަދު ވަނީ ބުނެފަ އެވެ.

އެންވަޔަރްމަންޓް މިނިސްޓްރީން ޑިސެމްބަރު، 2024 ގައި އާންމުކޮށްފައިވާ "މޯލްޑިވްސް ނޭޝަނަލް އެކްޝަން ޕްލޭން އޮން އެއާ ޕޮލިއުޝަން" އިން އެނގޭ ގޮތުގައި މާލެ މަތީގައި އުފެދޭ ނުސާފުވައިގެ 70 ޕަސެންޓަކީ ސަރަހައްދީ ގޮތުން ރާއްޖެ މައްޗަށް ޖަމާވާ ނުސާފު ވަޔެވެ. ބާކީ 30 ޕަސެންޓަކީ ރާއްޖޭގައި ދުއްވާ އެކި ބާވަތުގެ އުޅަނދުތަކުން އަދި އެ ނޫން ވެސް ގޮތްގޮތުން އުފެދޭ ނުސާފު ވަޔެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;