އުމުރުން 90 އަހަރުގެ ސަލީމް ހާން މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ މި ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ.
ސަލީމް ހާންގެ ހާލަތާ ގުޅޭގޮތުން ސަލްމާން ހާނާއެކު ފިލްމު ކުޅެފައިވާ ބަތަލާ ޑެއިޒީ ޝާހު ބުނީ، ސަލީމް ހާންގެ ސާޖަރީ ވަރަށް ކާމިޔާބު ކަމަށެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން ޑެއިޒީ ބުނީ އޭނާއަށް ސަލީމް ހާނާ ބައްދަލުނުކުރެވުނު ނަމަވެސް، ސަލްމާން ހާނާއި އޭނާގެ އާއިލާއާ ގުޅައިގެން މައުލޫމާތު އޮޅުންފިލުވަމުން އަންނަ ކަމަށެވެ.
ސަލީމް ހާންގެ ހާލު ރަނގަޅުވަމުން އަންނައިރު، ޑޮކްޓަރުން އަންނަނީ އައިސީޔޫގައި އޭނާގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.
މީގެ ކުރިން ހޮސްޕިޓަލުން ބުނެފައިވަނީ ވެންޓިލޭޓަރުގެ އެހީގައި ފަރުވާދިން ނަމަވެސް، ވަރަށް އަވަހަށް ވެންޓިލޭޓަރުން ނަގާނެ ކަމަށެވެ. ސަލީމް ހާންގެ ހާލު ރަނގަޅުވި ހަބަރާއެކު އޭނާގެ ސަޕޯޓަރުންނާއި ފިލްމީ ދާއިރާގެ މީހުންނަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. އަދި އޭނާއަށް ޒިޔާރަތްކުރުމަށް ގިނަ ބަޔަކު ހޮސްޕިޓަލަށް ދިޔައިރު، އޭގެ ތެރޭގައި އޭނާއާ އެކު ގިނަ ސްކްރީންޕްލޭތަކެއް ލިޔެފައިވާ ޖާވިދު އަކްތަރު ވެސް ހިމެނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;