ads
މި ދައުރުގަ ލާމަރުމަޒީ ހިދުމަތްތައް ފުޅާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފިން: ރައީސް
މި ދެ އަހަރު ދުވަހު ލާމަރުމަޒީ ހިދުމަތްތައް ފުޅާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިއްޖެ: ރައީސް
Advertisement

އެމަނިކުފާނުން މިހެން ވިދާޅުވީ ލާމަރުކަޒީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ނެރުއްވި ހިތާބުގައެވެ. 

ރައީސް މުއިއްޒު ވިދާޅުވީ މިހާރު އަމަލުކުރެވެމުންދާ ޤާނޫނުއަސާސީއާއެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުސަތު އިތުރަށް ފައިވެފައިވާކަމަށެވެ. އެގޮތުން މި ވޭތުވި ދެ އަހަރު ދުވަހު ލާމަރުމަޒީ ހިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ގާނޫނު އައި ފަހުން ނުކޮށްދީ ހުރުމުން ކައުންސިލަތަކުން އެދުނު ކިތައްމެއް ކަމެއް ކޮށްދިންކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. 

" ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމާއި، އ.ތ.މ. ކޮމިޓީތަކަށް ހައްގު މަޤާމާއި ހައިސިއްޔަތު ހޯދައިދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ، ލާމަރުކަޒީ ޤާނޫނު ވުޖޫދުވީއްސުރެ ކައުންސިލުންތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު އެވަނީ ހަގީގަތަތަކަށް ވެފައި." ރަޢީސްގެ ހިތާބުގައިވެއެވެ.

ކައުންސިލްތަކަށް ވަސީލަތްތައް ފަހި، ޒަމާނީ އައު އިމާރާތްތައް ބިނާކޮށްދިނުމުގައި މި ސަރުކާރުން ވަނީ އިސްނަގައިފައިކަމަށް ރައީސް މުއިއްޒު ވިދާޅުވީއެވެ. އަދި އެތައް ޒަމާންތަކެއް ވަންދެން އިންތިޒާރުކުރަމުން ސއައި އިޖްތިމާއި ހިދުމަތްތައް ރަށްތަކުގައި ހަގީގަތަކަށް ހަދާދީފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

"ރަށްތަކުގެ ސިއްހީ، ތައުލީމީ އަދި މިނޫން އިޖުތިމާއީ ހިދުމަތްތައްވެސް ފުޅާކޮށް، ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް، އޭ.ޓީ.އެމް.، ކޮންމެ އަތޮޅަކުން އައި.ޑީ ކާޑާއި ޕާސްޕޯޓު ހެދުން އެތައް ޒަމާނަކަށްފަހު އަޅުގަނޑުމެން ހަގީގަތަތަކަށް ހަދައިދީފީމުއެވެ." ރައީސް މުއިއްޒުގެ ހިތާބުގައިވެއެވެ.

ރަށްތަކުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ޤާއިމުކުރުމުގައި އެންމެ ބޮޑު ކާމިޔާބު މި ސަރުކާރުން ހޯދާނެކަމަށް ވިދާޅުވަމުން ރައީސް މުއިއްޒު ވިދާޅުވީ  ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް މި ސަރުކާރުން ފުރިހަމަކުރާނެކަމަށެވެ. އަދި މަގުހެދުން، ބަނދަރުހެދުން ފަދަ އުމްރާނީ އެންމެ ގިނަ މަޝްރޫއު އެއްފަހަރާ މުޅި ރާއްޖޭގައި ހިނގަމުން ދާނީ މި ވޭތުވި ދެ އަހަރުގެ ތެރޭގައިކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

މީގެ އިތުރުން ރާއްޖޭގެ ގައުމީ ތަރައްގީގެ މައި ތަސައްވުރު އެކުލަވައިލުމަށް ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހިޔާލު ސަރުކާރުން ހޯދާފައިވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުން، މަސްތުވާތަކެތީގެ ވިޔަފާރި، ގޭންގު ކުށްތައް ފަދަ ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި، ހުރިހާ ރަށެއްގައި އެކަންކަމަށް ދާއިމީ ހައްލު ހޯދުމުގެ މަސައްކަތް ކުރަމުންދާކަންވެސް ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ. 

މޯލްޑިވްސް 2.0 ގެ އަމާޒުތައް ހާސިލުވެ، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްތަކުގައި ތިބެ، ހިދުމަތްތައް ހޯދައި، އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުސަތު، ދިވެހި ރައްޔިތުންނަށް އިތުރަށް ތަނަވަސްވަމުން ދާނެއެވެ." މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އުއްމީދަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު، ކައުންސިލްތަކުގެ ދައުރާއި ވާޖިބު އަދާކުރުން އިތުރަށް ވަރުގަދަވެ، ސަރުކާރާ ގުޅިގެން ރަށްވެހި ތަރައްގީއާއި ތަމައްދުން ގެނައުމުގައި، ދިވެހި ލޮބުވެތި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ވަމުން ދިޔުންކަމަށެވެ.
 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;