އިހުސާން ރޭ ކުރެއްވި ޕޯސްޓުގައި ވަނީ، އިއްޔެ ހަވީރު އިބްރާހިމް ވަހީދާއި އަކްރަމް, އޭނާގެ އަނބިކަނބަލުންނާއި ދިހަ އަހަރުގެ ދަރިފުޅު މަގުމަތިން ދަނިކޮށް ވީޑިއޯކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެ ޕޯސްޓުގައި ވަނީ އަކުރަމާއި އިބްރާހިމް ވަހީދު މަގުމަތީގައި ތިބެ، ފޯނުން ފޮޓޯއެއް/ ވީޑިއޯއެއް ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް ވެސް އާންމުކޮށްފަ އެވެ.
އެ ފޫޓޭޖުން ފެންނަ ގޮތުން، މި ވީޑިއޯ ކޮށްފައިވަނީ އިބްރާހިމް ވަހީދެވެ. އަދި އޭނާ އެ ވީޑިއޯ ކުރީ އަކުރަމް އޭނާ އަތަށް ދޭ ފޯނަކުންނެވެ.
އިހުސާން ވިދާޅުވެފައިވާ ގޮތުގައި ޑިމޮކްރަސީ އާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ކަމަށް ހެދިގެން އެ މީހުން ހިންގަނީ މުޑުދާރު އަމަލުތަކެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް އެފަދަ ދަށު ދަރަޖައިގެ ކަންކަން ކުރާ ޕާޓީއެއްގެ ގޮތުގައި އިހުސާން ސިފަކުރެއްވި އެވެ.
ކާކުކަން ނޭނގޭ އެކައުންޓަކުން އެ ދެ މީހުން ނެގި ވީޑިއޯ ޕޯސްޓުކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. މިކަމާ ގުޅިގެން މިހާތަނަށް އަކްރަމާއި އިބްރާހިމް ވަހީދު އެއްޗެއް ބުނެފައެއް ނުވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;