ads
އީރާންގެ ވެރިތަށް ތެހެރާންގައި، އިޒްރޭލުގެ ހަމަލާއެއް އަމާޒުވި ތަނަކުން ދުން އަރަނީ
އެމެރިކާއާ ގުޅިގެން އިޒްރޭލުން އީރާނަށް ހަމަލާ ދޭން ފަށައިފި
އެމެރިކާއާ ގުޅިގެން އިޒްރޭލުން އީރާނަށް ހަމަލާ ދޭން ފަށައިފި އެވެ.
Advertisement

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާ ދީފައިވަނީ ވެރިރަށް ތެހެރާންގައި ރައީސް އޮފީހާއި ގައުމީ ސަލާމަތީ ކަންކަމާ ބެހޭ އޮފީސްތައް ހުންނަ ޕާސްޗަ ސްޓްރީޓާއި ސުޕްރީމް ލީޑަރުގެ ކޮމްޕައުންޑާއި އެސެމްބްލީ އޮފް އެކްސްޕާޓްސް ކައިރި އަށެވެ. 

އެމެރިކާއާއި އިރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން ކުޑަކުރުމަށް ބާއްވާ މަޝްވަރާގެ ބުރެއް އިއްޔެ ބޭއްވި އެވެ. އެ މަޝްވަރާތަކުގެ ނަތީޖާއާ މެދު އެމެރިކާގެ ހިތްހަމަނުޖެހުން އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެމެރިކާއިން ވަނީ އިރާނުގެ ކައިރި ސަރަހައްދުތަކަށް ވަރަށް ގިނަ އަސްކަރީ އުޅަނދުތައް ވަނީ ގެންގޮސްފަ އެވެ. ދެ އެއާކްރާފްޓް ކެރިއަރާއި އެތައް ސަތޭކަ ފައިޓަރު ޖެޓުތައް ތިބީ އިރާނަށް ހަމަލާދެވޭ ހިސާބުގަ އެވެ.

އިރާންގެ ޕްރެޒިޑެންޝަލް ކޮމްޕްލެކްސް އަދި އިންޓެލްޖިންސް ހެޑްކުއާޓާސްއަށް ވަނީ ބޮން އަޅާފަ އެވެ. މި ހަމަލާތައް އަމާޒުކުރީ އިރާނުގެ ސަރުކާރާއި އަސްކަރީ ވެރިންނަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ވެސް އިޒްރޭލުން އީރާނަށް ހަމަލާ ދިނުމާ އެކު ހަނގުރާމަ ފެށުނެވެ. އެފަހަރު 12 ދުވަސް ވަންދެން އިޒްރޭލާއި އީރާނުން މިސައިލާއި ޑްރޯނުން ހަމަލާ ބަދަލުކޮށްފައި ވާއިރު އީރާނުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތައްވި އެވެ. އަދި އީރާންގެ ހަމަލާތަކުގައި އިޒްރޭލުން ވެސް މީހުން މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;