މި މަޝްރޫއުގައި ޖުމުލަ 81 ހެކްޓަރުގެ ބިން ހިއްކަ އެވެ. އެމްއޭސީއެލްއިންއިން ބުނީ ބިން ހިއްކުމަށް ވެލިއެޅުމުގެ ހުރިހާ މަސައްކަތްތައް ކުރިއަށް އޮތް ހަފްތާގައި ނިންމާނެކަމަށެވެ.
މި މަސައްކަތް ކުރަނީ ކެޕޭސީޓީގައި 11،300 ކިއުބިކް މީޓަރ ހުރި ފިލިއްޕޯ ބްރޫނެލްޝީ ނަމަކަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެން ކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފަ އެވެ
ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްފައި ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން ޑްރެޖަރު ގެންގޮސް، ބިން ހިއްކުމުގެ މަސައްކަތް ފެށީ ނޮވެންބަރު 14 ގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;