މާރުކޭޓުގައި ގޮޅިތައް ހިންގާ ބައެއް ވިޔަފާރިވެރިން ބުނީ ކުރީ އަހަހރުތަކާއި އަޅާ ބަލާއިރު މި ރޯދަމަހު ބޮޑުވެގެން ދިޔައީ "އޮރެންޖް" ކަމަށާއި ނަމަވެސް މިހާރު އޮރެންޖެ ވެސް ކުޑަ އަގެއްގައި ގަންނަން ލިބޭ ކަމަށެވެ. އޮރެންޖުގެ އަގު ހެޔޮވީ އޮރެންޖު ކޭހެއް ލިބޭ އަގުވެސް ހެޔޮވުމުން ކަމަށާއި ކުރިން އަގުބޮޑުކޮށް ވިއްކީ ކޭހުގެ އަގުވެސް ބޮޑުވުމުން ކަމަށެވެ.
ރޯދަ މަސް ފެށުނުއިރު އޮރެންޖެއްގެ އަގު ހުރީ 10ރ. ގަ އެވެ. ރޯދަ މަސް ފެށުމުގެ ހަފްތާއެއް ކުރިން އޮރެންޖެއްގެ އަގު ހުރީ 8ރ. ގަ އެވެ. އެހެންކަމުން އޮރެންޖުގެ އަގު މިވަނީ ރޯދަ މަސް ފެށުމުގެ ހަފްތާއެއް ކުރިން ހުރި އަގަށްވުރެ ވެސް އަގުހެޔޮވެފަ އެވެ. އަދި މިހާރު އެސްޓީއޯ ފިހާރަ ތަކުން އަގަށް ގެންނަ ބަދަލު ތަކާއި އެކު އޮރެންޖުގެ އަގު ވަނީ ބޮޑުތަނުން ހެޔޮކޮށް 5ރ. އަށް ތިރިވެފަ އެވެ.
އިއްޔެއާ އަޅައި ބަލާއިރު ބައެއް ބާވަތްތަކުގެ އަގުތައް ހުރީ ދާދި އެއްވަރެއްގަ އެވެ. ނަމަވެސް މިއަދު ފަތްޕިލާވެލީގެ ބާވަތްތައް ބާޒާރުގައި ގިނައިން ފެންނަން ހުއްޓެވެ.
ބާޒާރުގައި ތަކެތީގެ އަގު މިދިޔަ ހަފްތާއަށްވުރެ ކޮންމެވެސް ވަރަކަށް މިހާރު ވަނީ އަގުހެޔޮވެފަ އެވެ. އެގޮތުން ކަނޑޫދޫ މިރުހުގެ 100 ގްރާމް 60ރ. އަށް އެރުމަށްފަހު މިހާރު 40ރ. އާއި 45ރ. އަށް ލިބެ އެވެ.
ފަނިގިރުމަށް ބޭނުންކުރާ ކަރާ ކިލޯއެއް 20ރ. އާއި 25ރ. އަށް ލިބެން ހުރިއިރު، ކުރުނބައެއް ލިބެންހުރީ 30ރ. އާއި 40ރ. އާ ދެމެދުގެ އަގެއްގަ އެވެ. ކުރުނބާ ފުޅިއެއް ލިބެންހުރީ 120ރ. އާއި 140ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ބާޒާރުގައި އާންމުކޮށް ބޭނުންކުރާ އެހެން ތަކެތި ލިބެން ހުރި އަގުތައް:
ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން ވަނީ, އަސާސީ ކާބޯތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށްޓަކައި އެތަކެތި ވިއްކަމުން ގެންދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;