ads
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޗާގޯސް މައްސަލާގައި ރާއްޖެ ފަހަތަށް ޖެހޭކަށް ނުޖެހޭ: ނަޝީދު
މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޯސް ރަށްތަކުގެ މައްޗަށް ނެތް ކަމަށާއި އެ ޖަޒީރާ ލިބެން ޖެހޭނީ ރާއްޖެއަށް ކަމަށް ދިވެހި ސަރުކާރުން ބުނާތީ މޮރިޝަސްއިން ރާއްޖެއާ އެކު ބާއްވާ ސިޔާސީ ގުޅުންތައް ކަނޑާލަން ނިންމުމުން، އެ ގައުމާ އެކު މަޝްވަރާކުރަން ޖެހޭ ކަމަށާއި ނަމަވެސް ރާއްޖެ ފަހަތަށް ޖެހެން ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ޗާގޯސްގެ މައްސަލައިގައި ހިޔާލުތަފާތުވުން ބޮޑުވެ މޮރިޝަސް އިން ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުން ވަގުތީގޮތުން މެދުކަނޑާލައިފި އިއްޔެ އެވެ. މޮރިޝަސްގެ ނިންމުން އިއުލާންކުރީ އެ ގައުމުގެ ކެބިނެޓުގައި މިމައްސަލައިގައި މަޝްވަރާކުރުމަށްފަހު ކެބިނެޓުން ފާސްކޮށްގެންނެވެ. 

މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން އިއްޔެ އާންމުކޮށްފައިވާ ނިންމުންތަކުގައިވާ ގޮތުން ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުން ކަނޑާލުމަށް ނިންމީ ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުންތަކާ ދެކޮޅަށް ރާއްޖެއިން ދެކޮޅު ހެދުމުގެ މަސައްކަތްތަކެއް ފަށާފައިވާތީ އެވެ. އެހެންވެ ކެބިނެޓުން ނިންމީ ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުން ވަގުތުން ކަނޑާލުމަށް ކަމަށް ބުނެފައިވެ އެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޗާގޯސް މައްސަލައިގައި މޮރިޝަސްއާ އެކު ރާއްޖެ އިން ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.

"އެހެނަސް، ރާއްޖެ ފަހަތަށް ޖެހޭކަށް ނުޖެހޭ،" އެ ކުރު މެސެޖުގައި ނަޝީދު ލިޔުއްވާފައިވެ އެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ މީގެ 44 އަހަރު ކުރިން 15 ޖެނުއަރީ 1981ގަ އެވެ. ރާއްޖޭގެ ފަރާތުން ސަފީރެއްގެ ގޮތުގައި އެ ގައުމަށް ކަނޑައަޅާފައި ހުންނަނީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު ކޮންމެ ގައުމަކަށް 200 މޭލު ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރު ބަހާލީ ރާއްޖެއަށް 47،232 އަކަކިލޯމީޓަރު އަދި މޮރިޝަސް އަށް 45331 އަކަކިލޯ މީޓަރު ލިބޭ ގޮތަށެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ މީގެ 44 އަހަރުކުރިން 15 ޖެނުއަރީ 1981ގަ އެވެ. ރާއްޖޭގެ ފަރާތުން ސަފީރެއްގެ ގޮތުގައި އެ ގައުމަށް ކަނޑައަޅާފައި ހުންނަނީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދެވެ.  

މޮރިޝަސްގެ މި ނިންމުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;