ads
ރައީސް ރައީސް މުއިއްޒު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު - ފޮޓޯ: ރައީސް އޮފީސް
މެދުއިރުމަތީގެ ހަމަނުޖެހުން ހުއްޓާލަން ރާއްޖެއިން ގޮވާލައިފި
އެމެރިކާ އާއި އިޒްރޭލު އިސްވެ އިރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދިއިރުމަތީގައި މިއަދު ފެށި ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ރާއްޖެއިން މިރޭ ގޮވާލައިފި އެވެ.
Advertisement

މެދުއިރުމަތީގެ ހާލަތު ކުއްލިއަކަށް ގޯސްވެފައިވާއިރު، މިއަދު ހެނދުނު އެމެރިކާ އާއި އިޒްރޭލުން ވަނީ ޕްރެޒިޑެންޝަލް ކޮމްޕްލެކްސް އަދި އިންޓެލްޖިންސް ހެޑްކުއާޓާސްއަށް ބޮން އަޅާފަ އެވެ. ރައްދުގައި އިރާނުން ދިން ގިނަ ހަމަލާތައް އަމާޒުކުރީ އަރަބި ގައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ.

އެމެރިކާގެ އެހީގައި މިހާރު އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން މެދުއިރުމަތީގައި އުފެދިފައިވާ ނާޒުކު ހާލަތާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، ހުރިހާ ފަރާތްތަކަކުން ދޭ ހަމަލާތައް ދިވެހިރާއްޖެއިން ކުށްވެރި ކުރާ ކަމަށާއި އަދި މި މަސްރަޙު ވަގުތުން ސުލްހަކުރުމަށް ގޮވާލާ ކަމަށެވެ.

"ހުރިހާ ގައުމުތަކުން ވެސް އެހެން ގައުމުތަކުގެ މިނިވަން ކަމަށް އިހްތިރާމް ކުރަން ޖެހޭނެ، އަދި މަޝްވަރާގެ އުސޫލުން ކަންކަން ހައްލު ކުރުމަކީ ދުނިޔޭގެ ހަމަޖެހުމަށް މުހިންމު ކަމެއް" ބަޔާނުގައިވެ އެވެ.

މިފަދަ މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ދެމުންދާ އަހައްމިއްޔަތުކަން ތަކުރާރުކޮށް، ސަރަޙައްދީ އަދި ބައިނަލްއަގުވާމީ ސުލްހައާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.

މެދު އިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ގިނަ ގައުމުތަކުގެ ވައި ސަރަހައްދު ބަންދު ކުރުމުން ވައިގެ ދަތުރުފަތުރަށް ބުރޫ އަރައި، ރާއްޖޭގައި ވެސް ގިނަ ޓޫރިސްޓުންތަކެއް ވަނީ ތާށިވެފަ އެވެ. އަދި ރާއްޖެ އަންނަން ހުރި ބައެއް ފްލައިޓްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. 

އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދިގު ދެމިގެން ހިނގައިދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;