ads
ގެރިކިރު ފޮޅި
ސީއެންއެމް ބަދިގެ: ގެރިކިރު ފޮޅި
"ސީއެންއެމް ބަދިގެ" އިން މިއަދު މި ގެނެސްދެނީ "ގެރިކިރު ފޮޅި" ތައްޔާރުކުރާނެ ގޮތެވެ.
Advertisement

ބޭނުންވާ ތަކެތި:                                                       

1 ޖޯޑް ފުށް

2 ސަމުސާ ގެރިކިރު (ބޮޑު ސަމުސާ)

2.5 ސަމުސާ ހަކުރު (ބޮޑު ސަމުސާ)

ވެނީލާ އެސެންސްކޮޅެއް (ކުޑަ)

1 ސައިސަމުސާ ބޭކިން ޕައުޑަރު

1 ސައިސަމުސާ ކޯން ފުލާ

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ފުށްކޮޅު ފުރާނާލާފަ، ގެރިކިރު، ހަކުރު ކޮޅު އަޅައިގެން މިކުސްޗަރު އިން ނޫނީ ހޭންޑް ބުލެންޑަރު އިން މިކުސް ކޮށްލާށެވެ. އެއަށްފަހު މިކުސް ކޮށްލި އެތިކޮޅު ތަށްޓަކަށް ނަގާ ވެނީލާ އެސެންސް، ބޭކިން ޕައުޑަރު އަދި ކޯން ފުލާ ކޮޅު އަޅައިގެން ރަނގަޅަށް ހުރިހާ އެއްޗެއް މިކުސް ކޮށްލާށެވެ.

އެއަށްފަހު ތަތް ނުލަވާ ތަވައެއްގަ މަޑުގިނީގަ ބަހައްޓައިގެން ފަހަރަކު ސަމުސަލަލެއް އަޅައިގެން ތަވާ މަތީގަ ފިހެލާށެވެ.

މިހާރު މިހުރީ ގެރިކިރު ފޮޅި ފިހެ ނިމިފަ އެވެ. މީ ރޯދަ ވީއްލާ ގަޑީގައި ކާލަށް ވަރަށް މީރު ފޮނިކާއެއްޗެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;