ޖުމްލަ 391 މީހުންނަށް ގުޅައިގެން ބާނި ސެންޓަރުން ހެދި ސާވޭއަކުން ދައްކާ ގޮތުގައި ދިވެހިންގެ ތެރެއިން އުމުރުން ދުވަސްވީ މީހުން އަދި ޒުވާނުން ވެސް އެންމެ ގަޔާނުވާ ގައުމަކީ އެމެރިކާ އެވެ.
އެ ސާވޭގައި 10 އަކުން އެމެރިކާއަށް ލިބުނީ 3.5 އެކެވެ. އެ ސާވޭއިން ދައްކާ ގޮތުގައި ދިވެހިން އެންމެ ރަނގަޅަށް ބަލައިގަންނަނީ ސައުދީ އަރަބިއްޔާ އަދި ޗައިނާ އެވެ. އެ ދެ ގައުމަށް 10 އަކުން 6.9 ލިބުނެވެ.
ދިރާސާގެ ބައިވެރިން އެ ލިސްޓުގައިވާ ގައުމުތަކަށް ޕޮއިންޓު ދިން ގޮތަކީ:
1- ސައުދީ އަރަބިއްޔާ - 6.9
2- ޗައިނާ - 6.9
3- އިންޑިއާ - 6.2
4- ރަޝިއާ - 5.2
5- އޮސްޓްރޭލިއާ - 4.9
6- ޔޫކޭ - 4.3
7- ޔޫކްރެއިން - 3.9
8- އެމެރިކާ - 3.5
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;