ads
އަނަންޔާ ދީޕިކާ އަދި ކަރީނާ
ދީޕިކާގެ ދިފާއުގައި ކަރީނާ އަދި އަނަންޔާ ނުކުމެއްޖެ
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން، އޭނާގެ ދަރިފުޅަށް ވަގުތު ދިނުމަށްޓަކައި މަސައްކަތު ވަގުތު މަދުކުރަން ނިންމި ނިންމުމަށް ކަރީނާ ކަޕޫރު އަދި އަނަންޔާ ޕާންޑޭ ސަޕޯޓުކޮށްފިއެވެ.
Advertisement

ދީޕިކާ ވަނީ އޭނާގެ މަސައްކަތު ގަޑި 8 ގަޑިއިރަށް ކުރުކޮށްދިނުމަށް އެދި، އެކަން ހަމަނުޖެހުމުން ބޮޑު ދެ ފިލްމެއް ދޫކޮށްލާފައެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް އުފެދިފައިވަނިކޮށް، ދާދިފަހުން ބޭއްވި ވަށްމޭޒު މަޝްވަރާއެއްގައި އަނަންޔާ ބުނީ، މަންމައަކަށް ވުމުން މަސައްކަތަށް ވުރެ ދަރިފުޅަށް އިސްކަންދިނުމަކީ ގުދުރަތީ ކަމެއް ކަމަށެވެ.

ކަރީނާ ކަޕޫރު ބުނި ގޮތުގައި، ފިލްމު ކުޅެން ފެށުމުގެ ކުރިން އަމިއްލަ ޝަރުތުތައް ޕްރޮޑިއުސަރުންނަށް ސާފުކޮށްދިނުމަކީ މުހިންމު ކަމެކެވެ. ކަރީނާ ވަނީ އޭނާގެ ދެ ދަރިން ލިބުނު ފަހުންވެސް މަސައްކަތާއި އާއިލާ ބެލެހެއްޓި ގޮތުގެ ތަޖުރިބާ ހިއްސާކޮށްފައެވެ.

"އަންހެނަކު މަސައްކަތުގައި އިތުރު ވަގުތު ހޭދަކުރަން ބޭނުންނުވާނަމަ، އެ ވާހަކަ ބުނުމުގެ ހިތްވަރު ހުންނަންވާނެ،" ކަރީނާ ބުންޏެވެ.

އަނަންޔާ ފާހަގަކުރި ގޮތުގައި، ދީޕިކާއަކީ ކުރިން ވަރަށް ބުރަކޮށް މަސައްކަތްކުރި ތަރިއެއް ނަމަވެސް، މިހާރު އޭނާގެ ދަރިފުޅު ދުއާ އަށް ވަގުތު ދިނުމަކީ އޭނާގެ އެންމެ ބޮޑު ޒިންމާއެވެ.

މި މައްސަލައިގައި ދީޕިކާ މީގެ ކުރިން ބުނެފައިވަނީ، 8 ގަޑިއިރުގެ މަސައްކަތަކީ އިންސާނާގެ ސިއްހަތަށާއި އުފެއްދުންތެރިކަމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށެވެ. ބޮލީވުޑްގައި މަސައްކަތްކުރާ މަންމައިންނަށް މިފަދަ ލުއިތަކެއް ލިބެންޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ފިލްމު ޑައިރެކްޓަރުންވެސް ބުނަމުންދަނީ، މިއީ އެކްޓަރަކާއި ޕްރޮޑިއުސަރަކާ ދެމެދު ދެކެވޭ ވާހަކައެއް ކަމަށާއި، ދެ ފަރާތް އެއްބަސްނުވާނަމަ އެކުގައި މަސައްކަތް ނުކުރުމުގެ އިހުތިޔާރު އޮންނާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;