ވެރިކަންކުރާ ޕީއެންސީގެ ސުޕާ މެޖޯރިތީ އޮންނަ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ މިދިޔަ ފެބްރުވަރީ މަހުގެ 17ވަނަ ދުވަހެވެ. އޭގެ ފަހުން މިހާތަނަށް އެއްވެސް ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ.
ޖަލްސާތައް ނުބާއްވާތީ އެކަމަދސް ފާޑުކިޔަން ބޮޑުވުމުން މިއަދި މިވަނީ ރައްޔިތުން މަޖލީހުގެ ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާ ބާއްވާގައި މިވަނީ ރޯދަ މަސް ނިންމެން އެންމެ 11 ދުވަހަށް ވެފައިވަނިކޮށެވެ.
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް މިއަދު ބޭއްވިއިރު ކަލަންޑަރު ބުނާ ގޮތުން މާދަމާއިން ފެށިގެން މިމަހުގެ 23ގެ ނިޔަލަށް ދެން އޮތީ ސަރުކާރު ބަންދު ދުވަސްތަކެވެ. އެހެންކަމުން މިއަދުގެ ޖަލްސާއަކީ މި ރޯދަމަހު ބާއްވާނެ ހަމައެކަނި ޖަލްސާކަމަށް ބެލެވެއެވެ.
މިއަދުގެ ޖަލްސާގައިވެސް އޮތީ ކޮމެޓީތަކުން ނިންމާފައިވާ ބައެއް ރިޕޯޓްތަކަށް ބަހުސްކޮށް ވޯޓް ގަޑީގައި ވޯޓް ނެގުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;