ads
ޒަކާތް
ފުރަތަމަ 15ގައި ފިތުރު ޒަކާތުގެ ގޮތުގައި 5.4 މިލިއަން ރުފިޔާ
މި ރޯދަމަހުގެ ފުރަތަމަ 15ގައި ފިތުރު ޒަކާތުގެ ގޮތުގައި 5.4 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ޒަކާތު ހައުސް އިން ބުނެފިއެވެ.
Advertisement

މި އަހަރުގެ ފިތިުރު ޒަކާތް ބަލައި ގަންނަން ފެށީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. 

ޒަކާތު ހައުސްއިން އާއްމުރި ހިސާބުތައް ދައްކާގޮތުން މި ރޯދަމަހުގެ ފުރަތަމަ 15 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ވަނީ 5.482،171.00 މިލިއަން ރުފިޔާ ލިބިފައެވެ. މީ މިދިޔަ ރޯދަމަހުގެ ފުރަތަމ 15 ދުވަހާއި އަޅާކިޔާއިރު 1.02 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ރޯދަމަހުގެ ފުރަތަމަ 15ގެ ތެެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 4.460،199.00 ރުފިޔާއެވެ. 

ފިތުރު ޒަކާތުގެ ތަފާސް ހިސާބު މިދިޔަ ތިން އަހަރު ( ފުރަތަމަ 15 ދުވަސް )

  • 2023 - 2.7 މިލިއަން 
  • 2024 - 2.6 މިލިއަން 
  • 2025 - 4.4 މިލިއަން 

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުތައް

  • އާދައިގެ ހަނޑޫ: 12ރ. 
  • ތައިލެންޑް ހުދު ހަނޑޫ: 53ރ. 
  • ރަތް ހަނޑޫ: 96ރ. 
  • ބާސްމަތީ ހަނޑޫ (އާދައިގެ): 77ރ.
  • ބާސްމަތީ ހަނޑޫ (މޮޅު): 109ރ. 
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136ރ.
  • އާދައިގެ ފުށް: 10ރ.
  • އާޓާ ފުށް: 75ރ.

ރޯދަ މަހު އޮންލައިންކޮށް ހަތް ޕްލެޓްފޯމަކުން ފިތުރު ޒަކާތް ބަލައިގަނެ އެވެ. އެ ހަތް ޕްލެޓްފޯމަކީ:

  • ދިރާގުގެ ދިރާގުޕޭ
  • އުރީދޫގެ އެމްފައިސާ
  • އިސްލާމިކް ބޭންކުގެ ފައިސާމޮބައިލް އެޕާއި ވެބްސައިޓު
  • ބީއެމްއެލްގެ މޯބައިލް އެޕާއި ވެބްސައިޓު
  • ފަހިޕޭގެ މޯބައިލް އެޕާއި ވެބްސައިޓު
  • އަވަސް އެޕް
  • ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް

އޮންލައިންކޮށް ޒަކާތް ނުދެއްކޭ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް، މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަންނާނެ ކަމަށާއި، ރޯދަ މަހުގެ ފަހު ދިހައިގައިވެސް ބަލައިގަންނާނެ ކަމަށް، ޒަކާތު ހައުސްއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;