"އަލް-އަބްރާރު ޕްރައިވެޓް ލިމިޓެޑް" ގްރޫޕުން މި ރޯދަ މަހު އުމްރާއަށް ދާން ފައިސާ ދެއްކި 110 މީހަކު އުމްރާއަށް ނުގެންގިސް އެމީހުންނަށް ވަނީ ލަނޑުދީފައެވެ. އެމީހުންގެ ދަތުރު އެ ގްރޫޕުން ކެންސަލް ކުރީ ފުރަން އޮތް ދުވަހުއެވެ. އެ މީހުންގެ ތެރެއިން 28 މީހަކު ހައްޖު ކޯޕަރޭޝަނެއް ފައިސާ ދެއްކުމަށްފަހު މިދިޔަ ހަފްތާގައި ފުރިނަމަވެސް ބާކީ ތިބީ މީހުންނަށް މިހާތަނަށް އުމްރާއަށް ދެވިފައެއް ނުވެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މިއަދު ވިދަޅުވީ އުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 އުމްރާވެރިން މިރޭ ސައުދީއަށް ފުރާނެކަމަށެވެ. އަދި މި މީހުން އުމްރާއަށް ގެންދަނީ ފްލައިޓެެއް ޗާޓަރުކޮށްގެން ހައްޖު ކޯޕަރޭޝަނުންކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
އަލްއަބްރާރު ގްރޫޕުން މީހުންނަށް ލަނޑުދިން މައްސަލަ ބަލާ އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ގްރޫޕުން ދަތުރު ކެންސަލް ކޮށްފައި ވަނީ މަގުބޫލު އެއްވެސް ސަބަބެއް ނެތި، ރާއްޖެ އިން މީހުން އުމްރާ އަށް ގެންދިއުމުގެ އުސޫލާ ހިލާފަށްކަމަށެވެ. އެހެންކަމުން އެ ކުންފުންޏަށް ދޫކުރެވިފައިވާ ދިވެހިރާއްޖެ އިން މީހުން އުމްރާ އަށް ގެންދިއުމާ ބެހޭ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައި، އެކަން އެ ކުންފުންޏަށް މިހާރު އަންގައިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;