ގދ. މަޑަވެލީ ބިން ހިއްކުމާއި، ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 400 ދުވަހުން ނިންމާ ގޮތަށް 174.5 މިލިޔަން ރުފިޔާއަށެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތެއްގަ އެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.
ގާތްގަނޑަކަށް 2،000އެއްހާ މީހުންގެ އާބާދީއެއް އޮންނަ މަޑަވެއްޔަކީ ޒާމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާ ރަށެއް ކަމަށް އެމްޓީސީސީން ބުނެ އެވެ. އަދި މި މަޝްރޫއު ނިމުމާ އެކު، ރަށުގެ ބިން އިތުރުވެ، ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީން ބުންޏެވެ.
އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއާއެކު އުދައެރުމާއި ރަށް ގިރުމުގެ މައްސަލައަށް ވެސް ބޮޑު ހައްލެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;