ads
ކުރީގެ އަންހެނުންނަށް 1.02 މިލިއަން ރުފިޔާދޭން ކޯޓުން ހުކުމްކޮށްފި
އިނދެގެން އުޅުނުއިރު، ލިބުނު ގޯތި އިމާރާތްކުރަން އަނބިމީހާ ހަރަދުކުރި ކަމަށް ބުނާ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެ އަންހެން މީހައަށް ދައްކަން ކުރީގެ ފިރިމީހާ މައްޗަށް ކޯޓުން ހުކުމްކޮށްފިއެވެ.
Advertisement

ރާއްޖޭގެ އުތުރުގެ ރަށެެއްގެ މެޖިސްޓްރޭޓް ކޯޓުން ނިންމި މި މައްސަލައަކީ ދެމަފިރިން އެކުގައި އުޅުނުއިރު ފިރިހެން މީހާއަށް ލިބުނު ގޯތި ހަދަން ހަރަދުކުރިކަމަށް ބުނާ ފައިސާ ހޯދަން އަންހެން މީހާ ދައުވާކުރި މައްސަލައެކެވެ.

އަންހެން މީހާ އެދިފައިވަނީ ގެ ހެދުމަށް އޭނާގެ އަތުން ދިޔަ 1،026،440 ރުފިޔާ ހޯދުމަށެވެ. އަދި ފިރިމީހާގެ ގެއިން ބައެއް ހޯދުމަށްވެސް އަންހެން މީހާވަނީ އޭނާ ކުރި ދައުވާގައި އެދިފައެވެ. 

މި މައްސަލަ ނިންމާ ކޯޓުން އިއްވި ހުކުގައިވަނީ އެ ފައިސާ އަންހެން މީހާއަށް ދިނުމަށް އަމުރުކޮށްފައެވެ. އަދި އަންހެން މީހާ އެދުނު 1،026،440 ރުފިޔާ ދެ ހަފްތާގެ ތެރޭގައި ދައްކަންވެސް ކޯޓުގެ ހުކުމުގައިވެއެވެ. އެހެންނަމަވެސް އަންހެން މީހާ ފިރިހެން މީހާގެ ގެއިން ބައެއް ހޯދުމަށް އެދުނު ބައިގައި ގޮތެއް ކޯޓުން ނިންމާފައެއް ނުވެއެވެ.

މި މައްސަލާގައި ފިރިހެން މީހާ ޖަވާބުދާރީވެފައި ނުވާތީ ކޯޓުން މައްސަލަ ނިންމާފައިވަނީ ފިރިހެން މީހާގެ ގައިރު ހާޒިރުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;