އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ނެރެފައިވާ އެ މެނިފެސްޓޯ ނެރެފައިވަނީ "އަމާނާތްތެރި ހިދުމަތް، މާލޭ ސިޓީގެ ވިންދު" ގެ ނަމުގަ އެވެ.
އެ މެނިފެސްޓޯ ފަރުމާކޮށްފައިވަނީ މާލޭގެ މައްސަލަތަކަށް ދެމެހެއްޓެނިވި އަވަސް ހައްލުތައް ހޯދައިދޭ ގޮތަށް ކަމަށް އެ ޕާޓީން ބުނެއެވެ. މި މެނިފެސްޓޯ ބިނާކޮށްފައިވަނީ ތިން ދާއިރާއަކަށެވެ. އެއީ، ރައްޔިތުންނަށް ބާރާއި ފަހި ދިރިއުޅުމާއި ވިޔަފާރިއަށް ފަހިއެވެ. އެ ތިން ދާއިރާ ވެސް ވަނީ، އެކި ކަންކަމަށް ބަހާފައެވެ.
މި ގޮތުން، މާލެ ސަރަހައްދުން ދޫކޮށްފައި ހުރި ގޯތިތައް އަވަހަށް ހަވާލުކުރުމަކީ، އަމާޒެއް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އަދި ސިނަމާލޭ ފްލެޓުތައް ތަޅާލައި އަލުން ތަރައްގީކުރަން ފެށުމާއި މާލޭގައި ބާވެފައިވާ އިމާރާތްތައް ނައްތާލުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީ ބޯހިޔާވަހިކަމުގެ ގައުމީ ނިންމުންތަކުގައި ކައުންސިލުގެ ދައުރު މިހާރަށް ވުރެ ފުޅާކުރުމަށް މެނިފެސްޓޯގައި ރާވާފައިވެ އެވެ.
މާލޭގެ ދަތުރުފަތުރާއި މަގުތަކުގެ ނިޒާމަށް ބަލާއިރު، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، ޕާކިންގް މައްސަލައަށް ހައްލު ހޯދުމަށް މަލްޓި-ޕާޕޯސް އަދި ގޭދޮށު ޕާކިންގް ތައާރަފުކުރުން ހިމެނެ އެވެ. ހަމައެހެންމެ، ބޭރުމަގު ފުޅާކުރުމާއި، ކޮމިއުނިޓީ ޕޮލިސިންގް އަދި ޓްރެފިކް މެނޭޖްމަންޓް ޔުނިޓެއް އުފެއްދުމަކީ ވެސް މެނިފެސްޓޯގެ މުހިންމު ބައިތަކެކެވެ.
އިޖުތިމާއީ އަދި ދީނީ ކަންކަމަށް ބަލާއިރު، މިސްކިތްތަކުގައި ގުރުއާން ކްލާސްތައް ހިންގުމާއި، ހާފިޒުން އިތުރުކުރުމަށް މަސައްކަތްކުރުމާއި، އަލަތު ކައިވެނީގެ ހަފުލާތައް ހިލޭ ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ. އަދި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ހަނި މަގުތަކަށް ވަދެވޭނެ ފަދަ އުޅަނދުތައް ބޭނުންކުރުމާއި، ބޭނުންކޮށްފައިވާ ތަކެތި ވިއްކޭނެ "ސެކަންޑް-ހޭންޑް މާކެޓެއް" އުފެއްދުން ވެސް ވަނީ ހިމަނާފަ އެވެ.
އަދި ކުށް މަދު ސިޓީއަކަށް ހެދުމަށް ކުރެވޭނެ މަސައްކަތްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ ދައުރު، ސިޓީ ކައުންސިލު ހިންގުމުގައި ފުޅާކުރާނެ ކަމަށް މެނިފެސްޓޯގައިވެ އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމާއި ކުރީގެ ރައީސް އިބްރާހީމް ސޯލިހު -- ފޮޓޯ/ މައިމޫން
މާލޭގެ މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ކަމަށް ދެ ވަނަ ދައުރަކަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވީ، މާލޭގައި ހުރިހާ މައްސަލައެއް އެބައޮތް ކަމަށެވެ. ނަމަވެސް، މިހާ ހިސާބަށް އައީ މި ސިޓީއަށް އަޅާލަން ޖެހޭ ވަރަށް އަޅާނުލެވި ކަމަށް އާޒިމް ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުގެ މިސްރާބު ހުރީ، ދެމެހެއްޓެނިވި ގޮތުގައި މާލެ ތަރައްގީކޮށް، ފަހި ސިޓީއަކަށް ހެދުމަށް ކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީގެ ޓިކެޓުގައި މޭޔަރު ކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ އާޒިމް ވިދާޅުވީ، ވިޔަފާރިތަކަށް ތަނަވަސް، ފަހި މާހައުލަކަށް ސިޓީއަކަށް މާލެ ހަދާނެ ކަމަށެވެ.
އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މޭޔަރު ކަމާ ހަވާލުވެވަޑައިގަތް އަމާޒު ހިފީ، ލިބޭ އެއްޗަކުން މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އެގޮތުން، އެ ކައުންސިލަށް ވެސް ލިބުނީ މިހާތަނަށް ލިބެމުން އައި އާމްދަނީ ކަމަށާއި އެ އާމްދަނީ ހޭދަކުރީ، އިސްރާފު ކުރާކަށް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;