އިރާނުގެ އާ ސުޕްރީމް ލީޑަރު އިންތިހާބު ކުރީ 88 ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވޭ "އެސެމްބްލީ އޮފް އެކްސްޕާޓްސް" އިންނެވެ.
އުމުރުން 56 އަހަރުގެ މުޖްތަބާ ޚާމަނާއީ އަކީ އާޔަތުﷲ އަލީ ޚާމަނާއީގެ ދެ ވަނަ ދަރިކަލުންނެވެ. އޭނާ އަކީ އީރާން ސިފައިންގެ އިންގިލާބީ ލަޝްކަރު (އައިއާރުޖީސީ) އާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.
އިރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލިތާ ހަފްތާއެއް ވެފައިވާއިރު، ޓްރަމްޕް ބޭނުން ވަނީ އޭނާގެ ގޮނޑިކޮއްކޮ ސަރުކާރެއް އިރާނުގައި ގާއިމު ކުރުމަށެވެ. ހާއްސަކޮށް ޚާމަނާއީގެ ދަރިކަލުން މުޖްތަބާ ގެނައުމަކީ އެމެރިކާއިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ޓްރަމްޕް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
އެ ގައުމުގެ ދައުލަތުގެ ޓީވީން ބުނީ އީރާނުގެ އާ ލީޑަރަކަށް އާޔަތުﷲ އަލީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ ހޮއްވަވާފައިވާ ކަމަށެވެ.
ޓްރަމްޕް ވަނީ އީރާނުގެ ވެރިއަކަށް އިންތިހާބު ކުރަންޖެހޭނީ އޭނާއަށް ކަމުދާ ބޭފުޅެއްކަމަށް ވިދާޅުވެ އެތައް ފަހަރަކު ވާހަކަ ދައްކަވާފަ އެވެ. އަދި އީރާނުގައި ހުންނަންޖެހޭނީ އޭނާގެ ރުހުން ލިބިފައިވާ ވެރިއެއްކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
އީރާނުގެ އާ ސުޕްރީމް ލީޑަރަކަށް ކުރީގެ ސުޕްރީމް ލީޑަރުގެ ދަރިކަލުން މޮޖްތަބާ ހާމަނާއީ އައްޔަނުވުމާ އެކު ދެން އެމެރިކާ އާއި އިޒްރޭލުގެ ޑާކެޓަކަށް ވާނީ އީރާނުގެ އާ ލީޑަރު މުޖްތަބާ އެވެ. އީރާންގެ ސުޕްރީމް ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ވެސް މެ އެވެ. އަދި ގައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނާ ފަރާތަކީ ވެސް އެއީ އެވެ.
އެމެރިކާ އާއި އިޒްރާއީލުން އީރާނަށް ހުއްޓުމެއް ނެތި ވައިގެ މަގުން ގަދަފަދަ ހަމަލާތައް ދެމުން ގެންދާއިރު ވެސް އީރާނުން ގެންދަނީ އިޒްރާއީލުގެ އެންމެ އެތެރެއަށާއި އަރަބި ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދައަށް ރައްދު ހަމަލާތައް ދެމުންނެވެ.
އީރާނަށް ލިބޭ ގެއްލުންތައް ބޮޑު ނަމަވެސް އީރާނުން އިޒްރާއީލަށް ދޭ ގަދަފަދަ ހަމަލާތަކުން އިޒްރާއީލަށް ލިބޭ ގެއްލުންތައް ވެސް ކުޑައެއް ނޫނެވެ. އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް ފޮރުވަން އިޒްރާއީލު ގިނަ މަސައްކަތްތަކެއް ކުރެ އެވެ. ނަމަވެސް ލީކުވެފައިވާ ފޮޓޯތަކުން އިޒްރާއީލަށް ލިބެމުން ދަނީ އެ ގައުމުގެ މުޅި ހަޔާތުގައިވެސް ނުލިބޭ ފަދަ ބޮޑެތި ގެއްލުންތަކެއްކަން ވަނީ ހާމަވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;