ads
ވިއްކަން ހަދާފައިވާ ކުދި ގުޅަތަކެއް
"ބިލެތްމާ ޓޭސްޓީ" ބްރާންޑުގެ ތެލުލި ފަތާއި ކޮށިމަހާއި ކުޅިކާޖާ ނުގަންނާތި
އާންމު ސާފުތާހިރުކަމާ ހިލާފަށް ބައެއް ކާބޯތަކެތި އުފައްދާ ވިއްކަމުން ދިޔަ ތަނެއްގެ މަސައްކަތް ހުއްޓާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ އަންގައިފިއެވެ.
Advertisement

އެމްއެފްޑީއޭ އިން މި އެންގުން އަންގާފައިވަނީ "ބިލެތްމާ ޓޭސްޓީ"ގެ ނަމުގައި ވިއްކަމުންދާ ބައެއް ބާވަތްތަކެވެ. އެ ނަމުގައި ތެއްލި ފަތާއި ކުޅި ކާޖާގެ އިތުރުން ކޮށި ހިކި މަސް ދަނީ ބާޒާރަށް ނެރި ވިއްކަމުންނެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެ އޮތޯރިޓީ އަށް ލިބުނު ޝަކުވާއަކާ ގުޅިގެން "ބިލެތްމާ ޓޭސްޓީ" ބަލައިފާސްކޮށްފައިވާކަމަށެވެ. އަދި އެތަނުގައި އުފައްދާ ތަކެއްޗަކީ ސާފުތާހިރުކަން ދަށް  ތަކެތި ކަމަށެވެ. އަދި އެތަނަކީ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއް ކަމަށްވެސް އެމްއެފްޑީއޭއިން ބުނެއެވެ. 

ކާބޯތަކެތި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެފަދަ ހިދުމަތްދޭ ތަންތަނަކީ ރަޖިސްޓްރީކުރަން ލާޒިމު ތަންތަން ކަމަށް ވިޔަސް ބިލެތްމާ ޓޭސްޓީއަކީ ރަޖިސްޓްރީ ކޮށްފައިވާ ތަނެއް ނޫން ކަމަށްވެސް އެމްއެފްޑީއޭއިން ބުނެއެވެ.  

"ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މަތީގައި ދަންނަވާފައިވާ ނަމުގައި [ބިލެތްމާ ޓޭސްޓީ] އުފައްދާ އެއްވެސް ބާވަތެއްގެ ކާބޯތަކެތި ބޭނުން ނުކުރުމަށް އަދި ނުވިއްކުމަށް އަންގަމެވެ،" އެމްއެފްޑީއޭއިން ނެރުނު ބަޔާނުގައިވެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ފެށި މަސައްކަތުގައި ވަނީ ދިވެހިން އާއްމުކޮށް ގަން ބައެއް ބާވަތްތައް ސާފުތާހިރުކަމެއް ނެތި ހަދަމުން ދިޔަ ތަންތަން އަތުލައިގެންފައެވެ. އެގޮތުން ނިދާ އެނދުމައްޗާއި ފާހާނާ ކައިރީ ތަކަތި ހަދަމުން ދިޔަ ތަނެއްވެސް ވަނީ އަތުލައިގެންފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;