ads
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިސްޓްރޯސްކޮޕިކް މަޔޯމެކްޓޮމީ އޮޕަރޭޝަން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކުރަނީ
އުނގޫފާރު ހޮސްޕިޓަލް ތާރީހުގެ ތެރެއަށް، މުޅިން އާ ސާޖަރީއެއް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިސްޓްރޯސްކޮޕިކް މަޔޯމެކްޓޮމީ އޮޕަރޭޝަން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައިކޮށް ތާރީހުގެ ތެރެއަށް ވަދެއްޖެއެވެ.
Advertisement

އެ ސާޖަރީއަކީ ހަށިގަނޑުގެ އެއްވެސް ތަނެއް ފަޅާނުލައި، ރަހިމުގެ އެތެރެ ފަށަލާގައި އުފެދޭ މަސްކޮޅުތައް ނަގަން ކުރާ އެންމެ ފަހުގެ ޒަމާނީ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރަނީ އަންހެނުންގެ ރަހިމުގެ ދޮރު މެދުވެރިކޮށް ހާއްސަ ކެމެރާއެއް ލައްވައިގެނެވެ.

އުނގޫފާރު ހޮސްޕިޓަލުން ބުނީ މި ސާޖަރީ ކުރިއަށް ގެންދިޔައީ ގައިނެކޮލޮޖިސްޓެއް ކަމަށްވާ ޑރ. ތަލްހާ ކަމަށެވެ. އަދި މިއީ ރާއްޖޭގައި މިނިމަލީ އިންވޭސިވް ގައިނެކޮލޮޖިކަލް ފަރުވާ ކުރިއެރުވުމުގައި ލިބުނު ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. 

your imageރާއްޖޭގައި ފުރަތަމަ ފަހަރަށް ހިސްޓްރޯސްކޮޕިކް މަޔޯމެކްޓޮމީ އޮޕަރޭޝަން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކުރި ޓީމް

އެ ހޮސްޕިޓަލުން ބުނީ އެ ކާމިޔާބީއާ އެކު ހޮސްޕިޓަލުން ޒަމާނީ ހިސްޓްރޮސްކޯޕިކް ހިދުމަތްތައް ލިބޭނެކަމަށެވެ. އޭގެ ތެރޭގައި ޕޮލިޕް އާއި ފައިބްރޮއިޑް އަދި ސެޕްޓަމް ނެގުމުގެ ހިދުމަތް ހިމެނެއެވެ. އަދި އިންފާޓިލިޓީ އެސެސްމެންޓް ހަދައިދިނުމުގެ ހިދުމަތް ވެސް ދެން ލިބޭނެކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;