ads
ސީއެންއެމް ބަދިގެ: މެގްނަމް ޕުޑިން
ސީއެންއެމް ބަދިގެ: މެގްނަމް ޕުޑިން
"ސީއެންއެމް ބަދިގެ" އިން މިއަދު މި ގެނެސްދެނީ "މެގްނަމް ޕުޑިން" ތައްޔާރުކުރާނެ ގޮތެވެ.
Advertisement

ބޭނުންވާ ތަކެތި:

1 ޕެކެޓް ފުލްކުރީމް (500މލ)

1 ދަޅު ގެރިކިރު

1 ދަޅު ނެސްލޭ ކުރީމް

4 މޭޒުމަތީ ސަމުސާ ކޯންފުލާ

2 ބިސް

1 ޕެކެޓް މަންޗީމާރީ ބިސްކޯދު

2 ޗޮކުލެޓް(ހިމުންކޮށް ގާނާލާފަ)

ތައްޔާރުކުރާނެގޮތް:

ފުރަތަމަ ބުލެންޑަާ އަކަށް ފުލްކުރީމް ކިރު ކޮޅާ، ގެރިކިރު، ބިސް، ކޯންފުލާ އަދި ނެސްލޭ ކުރީމް ދަޅު އަޅައިގެން މިކުސް ކޮށްލާށެވެ. އެއަށްފަހު މިކުސް ކުރި އެއްޗެހި ތެއްޔަކަށް އަޅާ ތަންކޮޅެއް ތިކް ވެލަންދެން ކުރީމް ވެލަން ދެން ކައްކާލާށެވެ. އެއަށްފަހު އެހެން ތަށްޓަކަށް ފުލްކުރީމް ކިރު ކޮޅެއް އަޅައިގެން ބިސްކޯދުތަށް، ފަހަރަކު ބިސްކޯދެއް ޕުޑިން ތައްޔާރުކުރާ ތަށީގަ އަތުރާލާށެވެ.

އެއަށްފަހު އޭގެ މައްޗަށް ދެންމެ މި ބުލެންޑް ކޮށްލާފަ ކެއްކި ކުރީމްކޮޅުން ލޭޔަރ އެއް އޭގެ މަތީގައި ފަތުރާލާށެވެ. އެއަށްފަހު ގާނާފަ ހުރި ޗޮކުލެޓް ކޮޅު އޭގެ މައްޗަށް އަޅާ އަނެއްކާވެސް ބާކީ ހުރި ބިސްކޯދުތަށް ހަމަ އެގޮތަށް ކިރުކޮޅަށް ލާފަ އަނެއްކާވެސް މަތީގަ ފަތުރާލާށެވެ. 

ދެން އަނެއްކާވެސް އޭގެ މައްޗަށް ކުރީމް ލޭޔަރ އެއް އަޅާ އޭގެ މަތީގަ ގާނާފަ ހުރި ޗޮކުލެޓް ކޮޅު މަތީގަ ފަަތުރާލާށެވެ.

މިހާރު މިހިރީ މެގްނަމް ޕުޑިން ހަދާ ނިމިފަ އެވެ. މީ ފިނިކޮށް ލައިގެން ރޯދަވީއްލާ ގަޑީގަ އަދި ތަރާވީސް ގަޑީގަވެސް ކާލަށް ވަރަށް މީރު ފޮނިކާ އެއްޗެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;