ads
ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތް ސްޓެލްކޯއާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާރުގައި ޑެޕއިުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އަދި އަރިހުގައި ހުރާ ދާއރާގެ މަޖިލިސް މެމްބަރު އަނާރާ ނައީމް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ސްޓެލްކޯ
ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއަށް
ކ.ހުރާގެ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމާ ސްޓެލްކޯއިން ހަވާލުވެ، ކުރިއަަށް އޮތް ތަނުގައި އެ ރަށުގައި ރަނގަޅު ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފިއެވެ.
Advertisement

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕއިުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ބައިވެރިވެވަޑައިގަތެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އަޒްވަރު ވިދާޅުވީ ކ. އަތޮޅުގައި ހުރާ ފިޔަވައި އެހެން ހުރިހާ ރަށެއްގައި ވެސް އެ ހިދުމަތްތައް ދެމުން އަންނަނީ ސްޓެލްކޯ އިން ކަމަށެވެ. 

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސްޓެލްކޯގެ ޑީއެމްޑީ ޑރ.އަޒްވަރު ވިދާޅުވީ މާލެ އަތޮޅާއި، އއ އަދި އދއާއި ވ.އަތޮޅު ހިމެނޭ ޒޯނުގެ ރަށްތަކުގައި ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދެމުންދަނީ ސްޓެލްކޯއިން ކަމަށެވެ. 

ނަމަވެސް ހުރާގައި އެ ހިދުމަތްތައް ފޯރުކޮށްދެމުންއައީ ފެނަކައިންކަމަށާއި، މިއަދު ގާއިމުކުރެވުނު އެއްބަސްވުމާއެކު އެ ޒޯނުގައި ސްޓެލްކޯގެ ހިދުމަތް ނުލިބޭ ހަމައެކަނި ރަށަށްވެސް އެ ކުންފުނިން ހިދުމަތް ދޭން ފެށިގެންދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;