އީއައިއޭ ހެދުމާބެހޭ ގަވާއިދުގައި އެ ހަދަން ޖެހޭ އަދި ހަދަން ނުޖެހޭ މަޝްރޫއުތަކުގެ ލިސްޓު މުރާޖައާކޮށް މިދިޔަ ހުކުރު ދުވަހު އާންމުކޮށްފައިވާއިރު، މަގު ހެދުމުގެ މަޝްރޫއުތަކާއި ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތައް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އެ ލިސްޓުން އުނިކޮށްފަ އެވެ.
އީއައިއޭ ހަދަން ނުޖެހޭ ލިސްޓުގައި 25 ބާވަތެއްގެ މަޝްރޫއު ހިމެނެ އެވެ.
ރަށްގިރުމުގެ ސަބަބުން ގޯތިގެދޮރު ހިމާޔަތްކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި ކުއްލި ހާލަތެއް ދިމާވުމުން ފަރުދުންގެ ފުރާނައާއި ގެދޮރާއި މުދާ ރައްކާތެރިކުރުމަށް ވަގުތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ހުއްދައަށް މަޑުކުރަން ނުޖެހޭނެ އެވެ. ކުރިން އުސޫލު އޮތްގޮތުން، މިގޮތަށް ކުއްލި ހާލަތްތަކުގައި ފިޔަވަޅުއެޅުމަށްވެސް، ހުރަހަކަށްވެގެންދެ އެވެ.
މިކަންކަމުގެ އިތުރުން، 300 ކިލޯވޮޓަށް ވުރެ ދަށް ކެޕޭސިޓީގެ ވަގުތީ ޖަނަރޭޓަރު ބަހައްޓައި ބޭނުންކުރުމުގެ ހުއްދަވެސް މިހާރު ވަނީ ދީފައެވެ.
މި ގަވާއިދު ތަންފީޒުކުރާނީ އެންވާރަމަންޓަލް ރެގިއުލޭޝަން އޮތޯރިޓީންނެވެ. ގަވާއިދަށް ގެނައި ބަދަލުތަކުގެ ތަފްސީލްތައް ގެޒެޓުގައި ވަނީ ހިމަނާފަ އެވެ.
ސަރުކާރުން ހިންގާ މަޝްރޫއުތައް އަވަސްކުރުމުގެ ބޭނުމުގައި އީއައިއޭގެ ހެދުމުގެ ގަވާއިދަށް މިދިޔަ އަހަރު ވެސް އިސްލާހު ގެނެސްފައިވާއިރު، އޭގެ ތެރޭގައި މިނިސްޓްރީން ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭގެ ރިޕޯޓް އަވަސް މުއްދަތެއްގެ ތެރޭގައި، އެއްވެސް ލަސްކަމެއް ނެތި ނިންމަން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި ބަލާނީ ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމިޓީއަކުން ކަނޑައަޅާ ގައުމީ ތަރައްގީގެ މަޝްރޫއުތައް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;