އެ މަގާމަށް މީހަކު ހޯދަނީ މީގެކުރިން އެ މަގާމުގައި ހުންނެވި ސަރުވަޝް އާދަމް، މިދިޔަ އޮކްޓޫބަރު މަހުގެ 22ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ.
ޕެންޝަން އޮފީހުން ބުނީ އެ އިދާރާގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ ހަތަރު މެމްބަރުންގެ ތެރެއިން އެއް މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، ޝޯޓްލިސްޓުކުރަން ބޭނުންވާ އަދަދަށް އެކަށީގެންވާ ވަރަށް ތަރުހީބު ލިބިފައި ނުވާކަމަށެވެ. އެހެންކަމުން އެ ފުރުސަތު އަނެއްކާވެސް މިމަހުގެ 29ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.
ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރުގެ މެމްބަރެއްގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭ ހިމެނެނީ ވިޔަފާރި، އިގުތިސާދީ، ނުވަތަ ގާނޫނީ ރޮނގުން ދަށްވެގެން ފުރަތަމަ ޑިގުރީ ހާސިލްކޮށްފައިވުމާއި، ޕެންޝަން ނުވަތަ އިންވެސްޓްމެންޓްގެ ދާއިރާގެ ތަޖުރިބާ ހުރުމާއި، ސަރުކާރުގައި ވަޒީފާ އަދާކުރާ މީހަކަށް ނުވުމާއި، ސަރުކާރުން 50 އިންސައްތައިން މަތީ އަދަދަކަށް ހިއްސާވާ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;