މާލޭގެ ގެސްޓްހައުސްއަކަށް މީހަކު ގެންގޮސް، އެ މީހާއަށް އަނިޔާކޮށް، އެ މީހާގެ ބޭންކް އެކައުންޓުން 30،000 ރުފިޔާ ނެގި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ކުރި މީހާ ވ. ބޮލިހުރާ، ހުސައިން ޔޫނުސް ފަސީހް ކިޔާ މީހެއްގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލި، ފޭރުމުގެ ދައުވާއަށް އޭނާވަނީ ޝަރިއަތުގައި އިއުތިރާފުވެފައެވެ.
މިދިޔަ އަހަރުގެ މި ހާދިސާއާ ގުޅިގެން، ކުރި ދައުވާއަށް އިއުތިރާފުވުމުން ޔޫނުސްގެ މައްޗަށް އިއްވީ ހަތަރު މަހާއި 23 ދުވަހު ހުކުމަކާއެކު 28،600 ރުފިޔާގެ ޖޫރިމަނާއެކެވެ.
މި މައްސަލައިގެ ތަހުގީގުގައި ޔޫނުސް ބަންދުކޮށްފައި ހުރި މުއްދަތު ހުކުމުން އުނިކުރުމުން އޭނާ ދެން މި މައްސަލައިގައި ބާކީ އޮތީ ޖޫރިމަނާ ދެއްކުން އެކަންޏެވެ. އިތުރު ޖަލު ހުކުމެއް ނެތެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;