ބޭނުންވާ ތަކެތި:
4 ދޮންކެޔޮ (ރަނގަޅަށް ދޮންވެފަ)
½ ޖޯޑް ފުށް
½ ޖޯޑް ހުނި
½ ޖޯޑް ހަކުރު
4 ޖޯޑް ތެޔޮ
ތައްޔާރު ކުރާނެގޮތް:
ފުރަތަމަ ދޮންކެޔޮ ތަށް ރަނގަޅަށް ޗަސް ކޮށްލާށެވެ. އެއަށްފަހު ދޮންކެޔޮ ކޮޅު ތެރެއަށް ފުށް، ހުނި އަދި ހަކުރު އަޅައިގެން ހުރިހާ އެއްޗެއް އެކީ ރަނގަޅަށް މޮޑެލާށެވެ. ބޭނުންނަމަ ކާށިހުނީގެ ބަދަލުގައި ގަބުޅި ހުނިވެސް އެޅިދާނެ އެވެ.
ދެން ތެއްޔަކަށް ތެޔޮ ކޮޅު އަޅާ ހޫނު ވީމަ ސަމުސަލަކުން މޮޑެލާފަ ހުރި ފުށް ކޮޅު ފަހަރަކު އެތި ކޮޅެއް ނަގާ ތެޔޮ ގަނޑު ތެރެއަށްލާށެވެ. މިހެން ލާއިރު އެއްފަހަރާ 5 ވަރަކަށް އެތިކޮޅުލައިގެން ވެސް ތެލުލެވޭނެ އެވެ. ތެލުލާލައިރު ވީހާވެސް އަވަހަށް ގިނައިރު ތެޔޮގަނޑުގަ ނުބަހައްޓާ ނަގަށް ވާނެއެވެ.ނޫންނަމަ އެތެރެއަށް ތެޔޮ ވަންނަލެއް ވަރަށް އިތުރުވާނެ އެވެ.
ފަސްވަރަކަށް މިނެޓުން ތައްޔާރު ކޮށްލެވޭ މި ފޮނިކާ އެއްޗަކީ ރޯދަ ވީއްލާ ގަޑީގަ ކާލަށް ވަރަށް މީރު ފޮނި އެއްޗެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;