ads
އީދު ހަވީރުގެ ތެރެއިން
އީދު ހަވީރު ތިން ދުވަސްވަންދެން މުޅި މާލޭ ސަރަހައްދުގައި ބާއްވަނީ
އީދުގެ އުފަލުގައި ކުރީ އަަހަރުތަކެކޭ އެއްފަދައިން ''ޢީދު ހަވީރު 1447'' ގައުމީ ފެންވަރުގައި ކުރިއަށް ގެންދާގޮތަށް ނިންމާ މާލޭ ސަރަގައްދުގައިި ތިން ދުވަސް ވަންދެން ބާއްވަން ނިންމައިފިއެވެ.
Advertisement

ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުން ބުނީ ފިތުރު އީދުގައި ބާއްވާ އީދު ހަވީރުގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވާނެކަމަށެވެ. "އީދު ހަވީރު 1447"ގެ ހަރަކާތްތައް ފެށިގެންދާނީ ފިތުރު އީދު ދުވަހުގެ ހަވީރު 16:00 އިން 18:00އަށް، މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައިކަަމަށް އެމްއެންޑީއެފުން ބުނެއެވެ.

އީދު ހަވީރަށް އާންމުންގެ ފަރާތުން މިދިޔަ އަހަރު ލިބުނު ތަރުޙީބަށް ބަލާ، މިފަހަރު "އީދު ހަވީރު 1447" ތިން ދުވަހަށް ކުރިއަށްގެންދާއިރު، މާލޭގައި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށްކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

މި ހަވީރުގައި ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދާއި، ވިލިމާލެ ފުޓްބޯޅަ ދަނޑުގައިވެސް މި ހަރަކާތްްތައް ކުރިއަށް ގެންދާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ. މީގެ އިތުރުން އެދުވަހު ސަލްޓަން ޕާކް ހުޅުވާނެކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހަވީރުގައި އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމާއި އީދު ހަދިޔާ ދިނުންވެސް އޮންނާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

" ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން އަދި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ހަރަކާތްތައް ހިމަނައިގެންނެވެ. " އެމްއެންޑީއެފުން ބުނެއެވެ.

your imageމިިދޔަ އަހަރު ބޭއްވި އީދު ހަވީރުގެ ތެރެއިން

"އީދު ހަވީރު 1447" ގައި އެމްއެންޑީއެފްގެ ހާއްސަ ހަރަކާތްތަކެއް ވެސް އޮންނާނެކަަމަށް އެ އިދާރާއިން ބުނެއެވެ. އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި، ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެކަަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިއުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެޗްޑީސީއާއި، އެސްޓީއޯއާއި، އެމްއޭސީއެލްއާއި، އާރުޑީސީއާއި، އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;