ads
ހެޒްލުނަޓް ޗިޕުސްމޯ ޕުޑިން -ފޮޓޯ: އިންޓަނެޓް
ސީއެންއެމް ބަދިގެ: ހެޒްލުނަޓް ޗިޕުސްމޯ ޕުޑިން
"ސީއެންއެމް ބަދިގެ" އިން މިއަދު މި ގެނެސްދެނީ "ހެޒްލުނަޓް ޗިޕުސްމޯ ޕުޑިން" ތައްޔާރުކުރާނެ ގޮތެވެ.
Advertisement

ބޭނުންވާ ތަކެތި:

½ ދަޅު ގެރިކިރު

½ ޕެކެޓް ކޮކޯ ޕައުޑަރު

1 ދަޅު ނެސްލޭ ކުރީމް

½ ޖޯޑް މައިލޯ

2 ޕެކެޓް ޗިޕްސްމޯ ބިސްކޯދު

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ތަށްޓަކަށް ގެރިކިރު، ކޮކޯ ޕައުޑަ އަދި ނެސްލޭ ކުރީމް އަޅައިގެން ރަނގަޅަށް ހުރިހާ އެއްޗެއް މިކުސް ކޮށްލާށެވެ. ދެން ޕުޑިން ހަދަން ބޭނުންވާ ޓްރޭ ސާފް ކޮށްލާފަ ރެޑީ ކޮށްލާށެވެ.

އެއަށްފަހު އެހެން ތަށްޓެއް ނަގާ މައިލޯ ކޮޅު އަޅާ އެއަށް ފުލްކުރީމް ކިރުކޮޅެއް ނުވަތަ ކުޑަ ފެންކޮޅެއް އަޅާ މައިލޯ ކޮޅު ރަނގަޅަށް ގިރާލާށެވެ. މައިލޯ ކޮޅު ގިރާލާ އިރު ދިޔާ ނުވާ ވަރު ބަލައިގެން އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. 

ދެން ބިސްކޯދު ޕެކެޓް ނަގާ މިކުސް ކުރި މައިލޯ ކޮޅު ތެރެއަށް ލާ ފަހަރަކު ބިސްކޯދެއް ކުރިން ރެޑީ ކޮށްލި ޓްރޭގަ ބިސްކޯދުތަށް އެއް ފަތުރާލާށެވެ. އެއަށް ފަހު ކުރިން މިކުސް ކޮށްލި ޕުޑިން ލޭޔާ ބިސްކޯދުތަށް މަތީގަ ރަނގަޅަށް ފަތުރާލާށެވެ. އެއަށް ފަހު އަނެއްކާވސެް ބާކީ ހުރިބިސްކޯދުތަށް މައިލޯ ކޮޅަށް ލާ ޑިޕް ކޮށްލާފަ ފަތުރާލާށެވެ.

އެއަށްފަހު އަނެއްކާވެސް ރިޕީޓް ކޮށް ޕުޑިން ލޭޔާ އެއް މަތީގަ ފަތުރާލާށެވެ .އެއަށްފަހު މައްޗަށް ބިސްކޯދުތަށް ކުރަޝް ކޮށްލާފަ އަޅާލާށެވެ.

މިހާރު މިހިރީ ޗިޕްސްމޯ ޕުޑިން ހަދާ ނިމިފައެވެ.މީ ރޯދަ ވީއްލާ ގަޑީގަ ކާލަށް ވަރަށް މީރު ފޮނިކާ އެއްޗެކެވެ. އަވަހަށް އަޖުމަ ބަލާލަށް ރެޑީ ކޮށްލާށެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;