ads
އަންނަ އަހަރަކީ ވިޒިޓް މޯލްޑިވްސް އިޔާގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފި
ވިޒިޓް މޯލްޑިވްސް އިޔާ 2027 ގެ ބްރޭންޑިން މަސައްކަތްކޮށްދޭނެ ބަޔަކު އަލުން ހޯދަނީ
ސަރުކާރުން ކުރިއަށްގެންދާ "ވިޒިޓް މޯލްޑިވްސް އިޔާ 2027" ކެމްޕޭނުގެ ބްރޭންޑިންގެ އެންމެހާ މަސައްކަތްތައް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އަލުން އިއުލާންކޮށްފި އެވެ.
Advertisement

"ވިޒިޓް މޯލްޑިވްސް އިޔާ 2027" ގެ މަސައްކަތުގެ ބްރޭންޑިންގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފުރަތަމަ އިއުލާނު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 10 ގައެވެ.

ނަމަވެސް އަލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތްކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން ޓާމްސް އޮފް ރިފަރެންސާއި މައުލޫމާތު ޝީޓް އަދި ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުށަހަޅަންވާނެ ކަމަށެވެ.

އެ މަޝްރޫއާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ 11:00 ގައި އެ މިނިސްޓްރީގަ އެވެ.

އެކަމާ ގުޅޭ ބީލަން ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ 10:00 ގައެވެ. ބީލަން ހުޅުވާނީ ހަމަ އެ ދުވަހުގެ 10:05 ގައެވެ. އެ ބީލަންތައް ހުށަހަޅަން ޖެހެނީ ސިޓީ އުރައެއްގައި، އޭގެ ބޭރުގައި ބީލަމަށް ދީފައިވާ ނަމާއި ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ވަގުތާއި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަންބަރު ވެސް ލިޔެފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

"ވިޒިޓް މޯލްޑިވްސް އިޔާ 2027" އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން އާ އުސްމިންތަކަކަށް ގެންދިއުމަށް ރާވާފައިވާ މުހިންމު ހަރަކާތެކެވެ. އަދި "ވިޒިޓް މޯލްޑިވްސް އިޔާ 2027" އަކީ އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފައިވާ ކަމެކެވެ. 

މި ކެމްޕޭނުގެ މަގްސަދަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް އިތުރަށް ވަރުގަދަކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;