ads
ތެލުގެ އަގު އުފުލެނީ
އިރާނުގެ ދިފާއު ވަރުގަދަވެ، ތެޔޮ ފީފާއެއްގެ އަގު 100 އިން މައްޗަށް
ހޮރްމޫޒު ކަނޑުއޮޅިން "އެންމެ ތެޔޮ ލީޓަރެއްވެސް" ބޭރު ނުކުރެވޭނެ ކަމުގެ އިންޒާރު އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ދިނުމާއިއެކު ތެލުގެ އަގު ވަރަށް ބޮޑަށް މައްޗަށް އަރައި، ފީފާއެއްގެ އަގު އަނެއްކާ ވެސް 100 ޑޮލަަރަށް އުފުލިއްޖެ އެވެ.
Advertisement

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށް ކުރެވޭނެ ކަމަށް ހީނުކުރުމަށާއި ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް ހިނގައިދާނެ ކަމަށް ތައްޔާރުވުމަށްވެސް އީރާނުން ވަނީ އިންޒާރުދީފަ އެވެ. އީރާނުން އިތުރަށް ބުނީ ތެލުގެ އަގު ބިނާވަނީ ސަރަހައްދީ ހަމަޖެހުމަށް ކަމަށާއި ހަމަޖެހުން ނަގާލީ އިޒްރޭލާއި އެމެރިކާއިން ކަމަށެވެ.

"ތެލުގެ އަގު ބިނާވެފައިވަނީ ސަރަހައްދީ ސަލާމަތާ،" އީރާނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާއި ގުޅިގެން ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލެން ފަށާފަ އެވެ. ބްރެންޓްގެ އަގު ނުވަ ޕަސެންޓަށް ވުރެ މައްޗަށް އަރައި ފީފާއެއްގެ އަގު 101.59 ޑޮލަރަށް ވަނީ އުފުލިފަ އެވެ. ޑަބްލިއުޓީއައި ވަނީ 96 ޑޮލަރަށް އަރައިފަ އެވެ. ތެލުގެ އަގު ކަނޑައެޅުމުގެ މި ދެ ބެންޗްމާކުގެ އަގު މިދިޔަ ހޯމަ ދުވަހު ވަނީ 30 ޕަސެންޓަށް އަރައި ފީފާއެއްގެ އަގު 120 ޑޮލަރަށް ވެސް އުފުލިފަ އެވެ.

ހަމަނުޖެހުން ދިގުދެމިގެންދާ ނަމަ ތެޔޮ ފީފާއެއްގެ އާންމު އަގު 90-100 ޑޮލަރަށް އަރާނެ ކަމަށް ވެސް މާކެޓް ދިރާާސާކުރާ މީހުން ދަނީ ބުނަމުންނެވެ. 

ފެބްރުއަރީ 28 ގައި ފެށުނު މި ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށްދާއިރު، ބުދަ ދުވަހު އެކަނިވެސް އެ ސަރަހައްދުން ދަތުރުކުރި ތިން އުޅަނދަކަށް ވަނީ ހަމަލާދީފަ އެވެ. މީގެ ތެރޭގައި އޮމާންގެ އުތުރުން ދަތުރުކުރި ތައިލެންޑުގެ ބޯޓެއްވެސް ހިމެނެ އެވެ.

މީގެއިތުރުން އިރާނުން އިއްޔެ ވަނީ އޮމާނުގެ ސަލާލާ ޕޯޓުގައި ތެޔޮ ރައްކާ ކުރަން ހަދާފައި ހުރި ފެސިލިޓީއަކަށް ވަރުގަދަ ހަމަލާއެއް ދީފަ އެވެ.

ހަނގުރާމައިގެ ސަބަބުން ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރުން އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ހުއްޓިފަ އެވެ. ގަލްފުގެ އަރަބި ގައުމުތަކުން އުފައްދާ ތެޔޮ ދުނިޔޭގެ ބާޒާރަށް ގެންދަނީ އެ މަގުންނެވެ. އެހެންވެ، މާކެޓުގައި ތެޔޮ މަދުވެ ގައުމުތަކުން ދަނީ އެމަޖެންސީ ފިޔަވަޅު އަޅަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;