ads
މަދޫރީ އާއި މަނީޝާ
މަދޫރީއާއި އެކު "ދިލްތޯ ޕާގަލް ހޭ" ގައި އެކްޓުކުރުމަށް މަނީޝާ ދެކޮޅު ހެދި
މަދޫރީއާއި އެކު ދިލް ތޯ ޕާގަލް ހޭ ކުޅެން ޖެހުލެންވެ ދެކޮޅު ހެދީ މަދޫރީއާއި ދެމެދު ވާދަވެރިވާނެކަމަށް ހިތަށް އަރާ އަމިއްލަ ނަފްސައް ކުރާ އިތުބާރު ކުޑަވުމުންކަމަށް މަނީޝާ ކޮއިރަލާ ހާމަކޮށްފި އެވެ.

10 އަހަރު ވަންދެން ފިލްމީ ދާއިރާއާ ތަންކޮޅެއް ދުރުގަ އުޅުމަށްފަހު މަނީޝާ ވަނީ މޭ 1 ވަނަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލުމަށް ހަަމަޖެހިފައިވާ ނެޓްފްލިކްސް ޕްލެޓްފޯރްމް ގެ ފިލްމު ކަމަށްވާ ބޫތް ރިޓާންސް އާއި އެއްކޮށް އެނބުރި އަންނަން ހަަމަޖެހިފަ އެވެ. އެ ފިލްމްގައި މަލައިކާ ޖާންގެ ރޯލުން ފެނިގެންދާނެ މަނީޝާ ދަނީ ފިލްމު ކާމިޔާބު ވާނެކަމަށް އުއްމީދު ކުރަމުންނެވެ.

ބޫތް ރިޓާންސް ފިލްމް ޕްރޮމޯޓުކުރުމުގެ ގޮތުން އިންޓަވިއުއެއްގައި ވާހަކަދައްކަމުން މަނީޝާ ވަނީ އޭނާ މިއަދާހަމައަށްވެސް ހިތާމަ ކުރާކަމާ ގުޅޭގޮތުން ހިއްސާކޮށްފަ އެވެ. އެއީ އޭނާގެ މޮޔަ ވިސްނުމާއި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަ ވުމުގެ ސަބަބުން ކުރިކަމެއްކަމަށް މަނީޝާ ހާމަކުރި އެވެ. އެގޮތުން 1997 ގެ ޔާޝް ޗޯޕްރާގެ ފިލްމު ކާމިޔާބު ފިލްމު "ދިލް ތޯ ޕާގަލް ހޭ" ކުޅުމަށް ދިން ފުރުސަތުގައި ނުހިފީ މަދޫރީއާއި އެކީ އޭނާގެ ރޯލު ކުޅުން ވާދަވެރިވާނެވާކަމަށް ދެކެވޭތީކަަމަށެވެ.  


"އަަހަރެން ހިތާމަ ކުރާ އެއްކަމަކީ ޔާޝް ޗޯޕްރާގެ ފިލްމު ކުޅެން ލިބުނު ފުރުސަތުގައި ނުހިފުން، މަދުރީ ފަދަ ފުއްނާބު އުސް މޮޅު ފަންނާނަކާއި އެކު މަސައްކަތް ކުރަން ޖެހިލުންވީ، ވާދަވެރިވެ އެ ވަރަށް ގާބިލްކަން އަހަރެންގެ ނެތް ކަަމަށް ދެކި" ކުރީގެ ހަދާނަތަކަށް އަޅުވާލަމުން މަނީޝާ ހާމަކުރި އެވެ.


މީގެއިތުރުން މަނީޝާ ވަނީ އެއިރުގަ ހުރިހާ އަންހެން އެކްޓަރުން ދެކެނީ ޔާޝް ޗޯޕްރާގެ ފިލްމެއް ކުޅުން ލިބުމަކީ ރަނުގެ ފުރުސަތެއްކަމަށެވެ. އެއީ އޭނާގެ ފިލްމުތަކުގައި އޭނާ އަންހެން ތަރިންގެ ރޯލްތައް ފަރުމާ ކޮށްފައި ހުންނަނީ ވަރަށް އިއްޒަތް ދީގެން ކަމަށްވާތީކަމަށް މަނީޝާ ވަނީ ފާހަގަކޮށްފަ އެވެ. މަނީޝާ އިތުރަށް ބުނީ އޭނާ ދިލް ތޯ ޕާގަލް ހޭ ފިލްމު ރިޖެކްޓްކުރުމަށްފަހު ޔާޝް ޗޯޕްރާގެ އޮފީހަށް ޒިޔާރާތެއްކުރިކަމަށެވެ. 

އަދި މަދުރީ ފަދަ ތަރި އަކާއި އެކު އެ ފިލްމު ކުޅެން އޭނާ އަށް ފުރުސަތު ދީނީ ކީއްވެކަމާ ބެހޭގޮތުން އޭނާ ސުވާލު އުފެއްދިންކަމަށްވެސް މަނީޝާނ ހާމަކުރި އެވެ. ނަަމަވެސް މަނީޝާ ވަނީ އޭނާ ވިސްނިގޮތައް ކަކަން ނުކުރިނަމަ އޭނައަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުންހިފުނީސްކަމަށް ފާހަގަކޮށްފަ އެވެ.

މަނީޝާގެ ބަދަލުގައި އެފިލްމު ގައި މަދޫރީ އަދި ޝާހްރުކް ހާން  އާއި އެކު އެފިލްމް ފަހުން ކުޅުމަށް ހަމަޖެހުނީ ކަރިޝްމާ ކަޕޫރް އާއި އެކު އެވެ. އޭގެފަހުން 2000 ވަނަ އަހަރު ފިލްމް ޕްރޮޑިއުސަރު ރާޖް ސަންތޯޝީގެ ފިލްމު "ލައްޖާ" މަދޫރީއާއި އެކު ކުޅުމަށް ލިބުނު ފުރުސަތު ބޭނުން ހިފިންކަމަށް ހާމަކޮށް މަނީޝާ ބުނީ އޭނާ އެ ފުރުސަތުގައި ހިފީ އެކުއް ތަކުރާރު ނުކުރުމަށްކަމަށެވެ. ލައްޖާވެސް ވެެގެން ދިޔައި ހަަމަ އެހާޟެ ކާމިޔާބު ފިލްމަކަަށް ކަމަށް މަނީޝާ ހާމަކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް