ads
ޔާޔާ
އަންހެންދުޅާ ހެދިގެން އުޅޭ ޔާޔާ ނަބީލު ހައްޔަރުކޮށްފި
ޓިކްޓޮކްގައި އަންހެންދުޅާ ވެގެން އުޅޭ ފިރިހެން މީހާ، މުހައްމަދު ނަބީލު ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ޔާޔާގެ ނަމުގައި މަޝްހޫރުވެފައިވާ ރަނޑު މި ފިރިހެން މީހާ ހައްޔަރުކޮށްފައި މިވަނީ ފަހަކަށް އައިސް އަނެއްކާވެސް އަންހެން ހެދިގެން ޓިކްޓޮކް ކުޅެމުންދާތީ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. މީގެ ކުރިންވެސް ފުލުހުން ވަނީ އޭނާގެ މި ފަދަ މައްސަލައެއް ބަލާފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ރަނޑު ފިރިގެން މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާންމު ކުރަމުންދާ މައްސަލައިގައެވެ.

ޔާޔާގެ މައްޗަށް އޭރު ފުލުހުން ވަނީ އޮރިޔާން ކާޑު ގެންގުޅުމާއި އޮރިޔާން ކާޑު ހެދުމުގެ ދައުވާކޮށްފަ އެވެ. އެ ދައުވާއަށް އޭނާ އިންކާރު ކުރިޔަސް ހުކުމްގައި ވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް