ads
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް ހުޅުވުން - ފޮޓޯ: އެސްޓީއޯ
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް ހުޅުވައިފި
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް ރޭ ހުޅުވައިފި އެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް މިހާރު ވަނީ ރަސްމީކޮށް ހުޅުވައި ހިދުމަތްދޭން ފަށާފަ އެވެ. މި ފިހާރައިން އިމާރާތްކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއްގެ އިތުރުން މަކިޓާ ޓޫލްސް، އަދި ނިޕޯން ފަދަ އެސްޓީއޯގެ އެންމެ މަގުބޫލު ބްރޭންޑްތައް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް ހުޅުވައިދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ.

މި ހަފްލާގައި ޝިމާދު ވަނީ އެސްޓީއޯގެ ކުރިއެރުމުގައި ކުރީގެ މެނޭޖްމެންޓްތަކާއި، ބޯޑު މެމްބަރުންގެ ރޯލް ފަހާގަކޮށް އެކަމުގެ ޝުކުރުދަންނަވާފަ އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ހުޅުމާލޭ ޝޯރޫމް ވެގެންދާނީ ހުޅުމާލޭ ދިރިއުޅޭ ފަރާތްތަކާއި ކޮންސްޓްރަކްޝަން ސިނާއަތުގެ ބައިވެރިންނަށް ލިބިގެންދާ އިތުރު ކުރިއެރުމަކާއި ފަސޭހައަކަށް ކަމުގަ އެވެ. އަދި މިއީ އެއްފުރާޅެއްގެދަށުން ޒަމާނީ ކޮންސްޓްރަކްޝަން ހައްލުލިބޭނޭ ގޮތަށް ހުޅުވި ޝޯރޫމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމްއިން މަކިޓާ އަދި ނިޕޯން ޕެއިންޓްގެ އިތުރުން ކޮންސްޓްރަކްޝަން މެޓީރިއަލްސް އާއި ރެޑީމިކްސް އޯޑާ ކުރެވޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެ އެވެ. 

އެސްޓީއޯއިން ބުނީ ބޭނުންވާ ޕްރޮޑަކްޓްތައް މިހާރު މާލެ ނާދެވޭ ހާލަތެއްގައިވެސް ހުޅުމާލެ ޝޯރޫމްއިން ގަނެވޭނެ ކަމަށާއި، މަކިޓާގެވެސް ހުރިހާ ރޭންޖެއްގެ ޕްރޮޑަކްޓް މިޝޯރޫމްއިން ލިބޭނެ ކަމަށެވެ.

މީގެއިތުރުން ކަސްޓަމަރުން އިހްތިޔާރު ކުރާ ނިޕޯންގެ ކޮންމެ ކުލައެއް ތައްޔާރުކުރުން ވެސް ވަގުތުން ކުރިއަށް ދާނެ އިންތިޒާމް މި ޝޯރޫމްގައި ހަމަޖެހިފައިވާ ކަމަށާއި، އެސްޓީއޯ ޕަވާމިކްސް ކަސްޓަމަރުންނަށް ރެޑީމިކްސް ކޮންކްރީޓް އޯޑަރު ކޮށްލެވޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

ޒަމާނީ ފެންވަރަށް ރިނޮވޭޓްކޮށް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމް ހުޅުވައިފައިވަނީ ކުރިންވެސް އެސްޓީއޯ ހުޅުމާލެ ފިހާރަ ހުޅުވައިފައިވާ ލޮކޭޝަން ކަމަށް ވާ އެސްޓީއޯ ސްމާޓް ސްޓޯއާއި ޖެހިގެންނެވެ.

ކޮލިޓީ ވަރުގަދަ މިކްސް ޑިޒައިނިންތަކުގެ ކޮންކްރިޓްއާއި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑްކަމަށްވާ ކޯނޭ ލިފްޓް، އަދި މަކިޓާ ޓޫލްސް ފަދަތަކެތި އެތެރެކޮށް ރާއްޖޭގެ މާކެޓަށް ފޯރުކޮއްދެނީ ވެސް އެސްޓީއޯއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް