ads
ޔުވެންޓަސް - ލާޒިއޯ މެޗުގެ ތެރެއިން
އިޓާލިއަން ކަޕްގެ ފައިނަލަށް ޔުވެންޓަސް
އިޓާލިއަން ކަޕްގެ ސެމީ ފައިނަލުން ލާޒިއޯ ކަޓުވާލައި ފައިނަލުން ޔުވެންޓަސް ފުރުސަތު ހޯދައިފިއެވެ.

އިޓާލިއަން ކަޕްގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ރޭ ޔުވެންޓަސް އަތުން 2-1 އިން ލާޒިއޯ މޮޅުވިއެވެ. އެހެންނަމަވެސް ފުރަތަމަ ލެގު، ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވާތީ، ފައިނަލަށް ދައިޔީ 3-2ގެ އެގްރިގޭޓް ނަތީޖާއަކުން ޔުވެންޓަސްއެވެ.

ލާޒިއޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 12 ވަނަ މިނިޓުގައި އެ ޓީމަށް ކުރި ހޯދައިދިނީ ވެލަންޓިން ކަސްޓެލާނޮސް އެވެ. އަދި ދެ ވަނަ ހާފުގެ ކުރީކޮޅު ކަސްޓެލާނޮސް ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. ޔުވެންޓަސް ކޮޅަށް އެގްރިގޭޓް ނަތީޖާ އެނބުރުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޕޯލެންޑްގެ ފޯވަޑް އަރްކަޑިއުޒް މިލިޗް މެޗުގެ 83 ވަނަ މިނިޓުގައި ޖެހި ލަނޑުންނެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ކުޅޭ ފައިނަލްގައި ޔުވެންޓަސްއާ ދެކޮޅަށް ނުކުންނާނީ އެޓަލާންޓާ ނޫނީ ފިއޮރެންޓީނާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް