ads
މިފަހަރުގެ އައިއޯއައިޖީގައި ރޫޔާ ދުވަނީ، ފޮޓޯ: އެމްއޯސީ
އަންހެނުންގެ 100 މީޓަރު ރެކޯޑް ރޫޔާ މުގުރާލައިފި
ޒުވާން ދުވުންތެރިޔާ، މަރިޔަމް ރޫޔާ އަލީ، އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފިއެވެ.

ހުނަރުވެރި އެތުލީޓު، ރޫޔާ ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލީ އިއްޔެ، ޖެމެއިކާގައި ކުރިއަށްދިޔަ، ޖޭއޭއޭއޭ އޯލް ކަމާސް މީޓްގައި ވާދަކޮށް، 12.02 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި ރެކޯޑް އެންމެ ފަހުން މުގުރާލީ 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި، އައިޝަތު ހިމްނާ ހަސަން އެވެ. ހިމްނާ، އެ ރެކޯޑް މުގުރާލީ، 12.17 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭގެ ކުރިން 21 އަހަރު ވަންދެން އެ ރެކޯޑް އޮތީ ސަމްހާ އަހްމަދު އަތުގައެވެ. ކެނަޑާގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގައި ސަމްހާ ރެކޯޑް ހެދީ 12.27 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ޖެމެއިކާގައި ޓްރެއިނިން ހަދަމުން އަންނަ ރޫޔާ، މިދިޔަ އޭޕްރީލް މަހު ވަނީ، 100 މީޓަރު ދުވުމުގެ ޖޫނިއާ ރެކޯޑް ވެސް މުގުރާލައިފަ އެވެ. ޖެމެއިކާގެ ކިންގްސްޓަންގައި ކުރިޔަށް ދިޔަ "ވެލޯސިޓީ ފެސްޓް" މުބާރާތުގައި 12.21 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރޫޔާ މި ރެކޯޑް މުގުރާލުމާ ހަމައަށް ވޭތިވެދިޔަ 22 އަހަރު މި ރެކޯޑް އޮތީ ސަމްހާ އަތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް