ads
ފުލުހުން ހޯދަމުން ދާ ގދ ތިނަދޫ ސަކީނާ މަންޒިމް އުމުރުން 34 އަހަރުގެ އިބްރާހީމް ނާޝިދު
އޮފީހެއްގެ މުދަލަށް ގެއްލުން ދިން މީހަކު ހޯދަނީ
އޮފީހެއްގެ މުދަލަށް ގެއްލުން ދިން މީހަކު ހޯދަން އެމީހާގެ ވަނަވަރު ފުލުހުން އާއްމުކޮށްފިިއެވެ.

ފުލުހުން ހޯދުމަށް އިއުލާންކޮށްފައިވަނީ ގދ ތިނަދޫ ސަކީނާ މަންޒިމް އުމުރުން 34 އަހަރުގެ އިބްރާހީމް ނާޝިދުއެވެ. 

މީނާ ހޯދަނީ އޮފީހެއްގެ މުދަލަށް ގެއްލުންދީ އެތަނުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށްކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި މީނާ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ. 

ފުލުހުން ވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 8:30 މީނާ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން އިމާރާތައް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އަންގާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް