ads
މަރާމާތަށް ބޮޑު ފާލަން ބަންދު
މަރާމާތުކުރުމަށް މާލޭގެ ބޮޑުފާލަން އިއްޒުންދީން ފާލަން ބަންދުކޮށްފިއެވެ.

މިތަން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ. އެހެންނަމަވެސް ކުރަމުންދާ މަރާމާތުގެ ތަފްސީލެއް އެ ކުންފުންޏަކުން ހާމައެއް ނުކުރެއެވެ. 

އިއްޒައްދީން ފާލަން ހުޅުވީ ރައީސް ޔާމީން ވެރިކަމުގައި 2015 އަހަރުއެވެ. މިނިވަން 50 ގުވައިގެން ކުރިން މާލޭގައި ހުރި ރަސްމީ ފާލަމުގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެތަން އޭރުވެސް ހެދީ އެމްޓީސީސީންނެވެ. 


އިއްޒުއްދީން ފާލަން ނިސްބަތްވާ އައްސުލްތާން ހަސަން އިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނަކީ ހޮޅިންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކުރެއްވުމަށް ފަހު، ރާއްޖޭގެ ހަތް އަހަރު ވަންދެން ރަސްކަން ކުރެއްވި ރަސްކަލެވެ.  

ފާލަން ޑިޒައިން ކޮށްފައިވަނީ ރިޔާ ނެގި ނާލު ބައްތެއްޔެއްގެ ސިފަ ދުރުން ފެންނަ ގޮތަށެވެ. އެއީ ބައްތެލީގައި ހުންނަ ކުޑަ ރިޔަލާއި
މެދު ރިޔަލާއި ބޮޑު ރިޔާ ފެންނަ ގޮތަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް