ads
ބައްސާމް އަދީލް ޖަލީލް
ކްލަބުތަކުން ފީފާގައި އެދުނީ ބައްސާމް ވަކިކޮށްދޭން
އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތަކާ އަދި އިދާރީ ގޮތުން ބޮއްސުންލާފައިވާ ކަންކަން ބަލައި ހައްލުކުރުމަށް، ފީފާއިން އައި ޓީމުން، ބައްސާމް އަދީލް ޖަލީލް މަގާމުން ވަކިކޮށްދީ، އެފްއޭއެމް ނޯމަލައިޒް ކޮށްދިނުމަށް ބައެއް ކްލަބުތަކުން އެދެފިއެވެ.

ފީފާގެ ޓީމެއް މާލޭގައި މިހާރު ހަކަރާތްތެރިވަމުންދާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ކްލަބުތަކުން އެ ޓީމުގައި އެދިފައިވަނީ އެފްއޭއެމްގެ ހުރި މައްސަލަތައް ހައްލުކޮށް އިންތިހާބަކަށް ގެންދިއުމުގެ ގޮތުން އެ އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒް ކޮށްދިނުމަށެވެ. 

ރިޕޯޓްތައް ބުނާ ގޮތުން، ބައެއް މެންބަރު ކްލަބްތަކުން ހިޔާލު ހުށަހެޅީ އަދި އެދުނީ ވެސް މިހާރު މިއޮތް ހާލަތުން އަރައިގަންނަން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރުމަށެވެ. އޭގެ މާނައަކީ ބައްސާމް މަގާމުން ދުރުކޮށް އިންތިހާބަކަށް ދިޔުމެވެ.

އެފްއޭއެމްގެ ހުރި މައްސަލަތަކާއި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދެނެގަތުމަށް ފީފާ އިން ފޮނުވި ވަފުދުން ވަނީ، އެފްއޭއެމާއި ކްލަބްތަކާއި ސްޕޯޓްސް ކޮމިޝަނަރު އަދި އޮލިމްޕިކް ކޮމިޓީއާ ބައްދަލުކޮށްފަ އެވެ.

އެފްއޭއެމުގެ އިންތިހާބާ ބެހޭ ގޮތުން އަދި އެ އިދާރާގެ އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ފީފާ އަށް ލިބިފައިވާ ޝަކުވާތައް ބަލަން އައި ފީފާގެ ޓީމުގައި ތިން އޮފިޝަލުން ހިމެނެއެވެ. އެއީ ފީފާގެ އޮފިޝަލަކާ އޭއެފްސީގެ ދެ އޮފިޝަލުންނެވެ.

ކޮރަޕްޝަންގެ ހާއްޔަކަށްވެފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ޖިނާއީ ދައުވާ އުފުލި އަންނަނީ މައްސަލައިގެ ޝަރީއަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް