ads
މިދިޔަ މަހު 4.4 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައި - ފޮޓޯ:އެމްޕީއެލް
އެކްސްޕޯޓް ދަށަށް، މާޗު މަހު ލިބުނު އާމްދަނީ ވެސް ދަށަށް
މިދިޔަ މާޗު މަހު އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު ދަށްވެ، ލިބުނު ޖުމްލަ އާމްދަނީ ވެސް ދަށް ވެއްޖެ އެވެ.

ކަސްޓަމްސްއިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު،

  • މިދިޔަ މަހު އެކްސްޕޯޓް ކޮށްފައި ވަނީ 124 މިލިއަން ރުފިޔާގެ މުދާ
  • މިއީ 64 އިންސައްތައިގެ ދަށްވުމެއް

އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު ދަށްވި ނަމަވެސް، 2023 ވަނަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު، ފާއިތުވެދިޔަ މަހު އިމްޕޯޓް ކުރެވުނު މުދަލުގެ އަގު ވަނީ އިތުރުވެފަ އެވެ.

  • މިދިޔަ މަހު 4.4 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައި
  • މިއީ ހަތަރު އިންސައްތައިގެ އިތުރުވުމެއް

ނިމިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 2023 ވަނަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު، ތިނެއް އިންސައްތަ ވަނީ ދަށްވެފަ އެވެ. މި އަހަރުގެ މާޗު މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 320 މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު އަގުގެ ގޮތުން އެންމެ ގިނައިން އިމްޕޯޓްކުރި ގައުމުތަކާއި އެ ގައުމުތަކުން އިމްޕޯޓް ކުރެވުނު މުދަލުގެ އަގުތައް (ސީއައިއެފް އަގު):

  • އޮމާން - 777 މިލިއަން ރުފިޔާ (18 އިންސައްތަ)
  • އިންޑިއާ - 763 މިލިއަން ރުފިޔާ (17 އިންސައްތަ)
  • ޔޫއޭއީ - 671 މިލިއަން ރުފިޔާ (15 އިންސައްތަ)
  • ޗައިނާ - 440 މިލިއަން ރުފިޔާ (10 އިންސައްތަ)
  • ޗައިނާ - 401 މިލިއަން ރުފިޔާ (9 އިންސައްތަ)

މިދިޔަ މަހު އަގުގެ ގޮތުން އެންމެ ގިނައިން އެކްސްޕޯޓް ކުރި ގައުމުތައް:

  • ތައިލެންޑް (33 އިންސައްތަ)
  • އިނގިރޭސި ވިލާތް (22 އިންސައްތަ)
  • ޖަރުމަނު ވިލާތް (10 އިންސައްތަ)
  • އިންޑިއާ (6 އިންސައްތަ)
  • ފަރަންސޭސި ވިލާތް (5 އިންސައްތަ)

މި އަހަރުގެ މާޗު މަހު 22،409 ޑިކްލަރޭޝަން ޕްރޮސެސްކޮށްފައިވެ އެވެ. ނިމިދިޔަ އަހަރުގެ މާޗު މަހު ޕްރޮސެސްކޮށްފައިވަނީ 21،135 ޑިކްލަރޭޝަނެވެ. މިދިޔަ މަހު ރާއްޖޭން ބޭރުން އައި 133 އުޅަނދަކަށް ކްލިއަރެންސް ދީފައިވާއިރު، 2023 ވަަނަ އަހަރުގެ މާޗު މަހު 121 އުޅަނދަކަށް ކްލިއަރެންސްދީފައިވެ އެވެ. ނިމިދިޔަ މަހު ރާއްޖޭން ބޭރަށް ފުރުމަށް 158 އުޅަނދަކަށް ކްލިއަރެންސް ދީފައިވާއިރު، 2023 ވަނަ އަހަރުގެ މާޗު މަހު 161 އުޅަނދަކަށް ކްލިއަރެންސް ދީފައިވެ އެވެ.

މިދިޔަ މާޗު މަހު ރޯޔަލްޓީގެ ގޮތުގައި 19 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް